ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ރަޖިސްޓްރީ ކޮށްދީފި އެވެ.
ޕީއެންއެފްއަކީ ޔާމީން އިސްވެ ހުންނަވައި އުފެއްދި ޕާޓީއެއް ނަމަވެސް އީސީއަށް އެ ޕާޓީއަށް އުފެއްދުމަށް ހުށަހަޅާފައި ވަނީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން އެވެ.
އެ ޕާޓީ އުފެއްދުމުގެ ހުއްދަ އީސީން، ޒެއިންއަށް ދީފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ. ޕީއެންއެފް އުފެއްދުމަށް ޖަލްސާ ބާއްވާފައިވަނީ މި މަހުގެ ނުވަނަ ދުވަހު އެވެ. އެ ޖަލްސާގަިއ ޕާޓީގެ މަގާމުތަކަށް ވަގުތީ ގޮތުން މީހުން ވަނީ އިންތިހާބުކޮށްފަ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ބަޔާންކޮށްފައިވާ ގޮތަށް އީސީން މިއަދު ވަނީ ޒެއިންގެ ނަމުގައި ޕީއެންއެފް ރަޖިސްޓްރީ ކޮށްދީފަ އެވެ.



