އައްޑޫ ސިޓީއަށް އިއްޔެ ކުރި ވިއްސާރައިގައި ގެއްލުން ލިބުނު 5 ގެއެއްގައި ދިރިއުޅޭ މީހުން އެހެން ގެތަކަށް ބަދަލުކޮށްފިއެވެ.
ބޯކޮށް ވިއްސާރަވުމުގެ ސަބަބުން އައްޑޫ ސިޓީގެ ބައެއް ގެތަކަށް ގެއްލުން ވެފައިވާ ކަމަށް ނޭޝަނަލް ޑިޒަރސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތު ދެއެވެ. އެގޮތުން، 40 އަށްވުރެ ގިނަ ގެއަށް ފެނުގެ އަސަރުކޮށްފައިވާތީ އެހީ ފޯރުކޮށްދިނުމަށް އަވަށު އޮފީހާއި ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
އެންޑީއެމްއޭއިން ބުނީ ވިއްސާރައިގައި ފަސް ގެއަކަށް ގެއްލުންވެ މީހުން ބަދަލު ކުރަން ޖެހުނު ކަމަށެވެ. އޭގެ ތެރެއިން ދެ ގެއެއްގެ މީހުންނަށް ވަގުތީ ބޯހިޔާ ވަހިކަން ފޯރުކޮށްދީފައިވާ ކަމަށާއި އަދި ތިން ގެއެއްގެ މީހުން އެ މހުންގެ އާއިލީ ގެތަކަށް ބަދަލުވެފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާ ކުރާ ގޮތުގައި މިއަދު ވެސް މެދުރާއްޖެތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އެގޮތުން އައްޑޫ ސިޓީއަށް ވިއްސާރަ ކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.




ގުޅުންހުރި
ދަރިވަރެއްގެ ކަރުގައި ހިފައި، ހަމަލާދިން ޓީޗަރެއްގެ މައްސަލަ ފުލުހަށް
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި
އޮޕަރޭޝަން އަލިމަގު: އައްޑޫން ހައްޔަރުކުރި މީހުންގެ އަދަދު 10 އަށް
އައްޑޫ ޑްރަގު ނެޓްވޯކުން ހައްޔަރުކުރި ބޮޑުންގެ ވަނަވަރު ހާމަކޮށްފި، ނަދީމް ހިމެނޭ
އައިއެމްޑީސީގައި މާބަނޑު މީހެއްގެ ހާލު ކުއްލިއަކަށް ސީރިއަސްވެ، ނިޔާވި މައްސަލަ ބަލަނީ
ގޫގުލްގެ މަޝްރޫއަށް ހިތަދޫން 15،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފި