އއ. ތޮއްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގެ ގޮތުން އެ ރަށުގައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ސައިޓު ހަދާ ސަރަހައްދު ސާފުކުރަން ފަށައިފިއެވެ.
ތޮއްޑޫގައި މިއަދު ރަސްމިއްޔާތެއްގައި މަގު ހެދުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހީމެވެ. އެ ރަސްމިއްޔާތުގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރޓ) އަލީ ޒުހައިރު އާއި ކުންފުނީގެ އިސް ބޭފުޅުންގެ އިތުރުން ތޮއްޑޫ ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކުރީގެ ހައުސިން މިނިސްޓްރީން އަދި މިހާރު ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ތޮއްޑޫގެ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 2023 ސެޕްޓެމްބަރު 5 ވަނަ ދުވަހު 77,426,106.17 ރުފިޔާ އަށެވެ.
އާރްޑީސީން ބުނީ ތޮއްޑޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން 2.84 ކިލޯމީޓަރު ހިމެނޭހެން ފަސް މަގެއްގެ މަސައްކަތް ކުރާނެ ކަމަށެވެ. މަގުތައް ތަރައްގީ ކުރާނީ ސްޓޯމް ވޯޓާ ނެޓްވޯކާއި ފެން ހިއްކުމަށް ގަޓަރުތައް ހެދުމާއި ފެނާއި ނަރުދަމާ ހިމެނޭހެން ޔުޓިލިޓީ ލައިންތަކަށް ބޭނުންވާ ޖަންކްޝަންތައް ބެހެއްޓުމާއި މަގު ބައްތި ޖެހުމާއި ސްޕީޑް ބްރޭކަރާއި ރޯޑް ސައިން ބޯޑު ހަރުކުރުން ފަދަ މަސައްކަތް ހިމަނައިގެން ކަމަށެވެ.
ތޮއްޑޫ މަގުތައް ތަރައްގީ ކުރަން ނިންމާފައިވަނީ ތާރުގެ ބަދަލުގައި ގާ އަޅައިގެން ކަމަށާއި މަގު ހެދުމުގެ މަޝްރޫއަށް ބޭނުންވާ ސާމާނު އިތުރުން ވެހިކަލްތައް މިހާރުވަނީ ތޮއްޑޫއަށް ފޮނުވާފައި ކަމަށް އާރްޑީސީން ބުންޏެވެ.




ގުޅުންހުރި
ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ހަދަން އާރަށަށްވުރެ ބޮޑު ބިމެއް!
ކޮންމެ ރަށަކުންވެސް މަޝްރޫއުތައް ނިމޭތަނާއި އާ މަޝްރޫއުތައް ފެށޭތަން މިހާރު ފެންނާނެ:
ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފި, މިހާރު އެއީ ދެގުނަ ބޮޑު
ހުޅުމާލެ 3 ހިއްކަން ހަވާލުވާން އެމްއޭސީއެލް އިން އަނެއްކާވެސް އާ ކުންފުންޏެއް!
މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް ފައިސާދިނުން ހުއްޓުވުމަށް އެމްޑީޕީން ކޯޓަށް ދަނީ
މަޝްރޫއުތައް ހަވާލުކުރީ ޖުމްލަ 2.71 ބިލިއަން ރުފިޔާއަށް، ބޯހިޔާވަހިކަމަށް ބިލިއަނެއް