ނޯތު ހާބަރުގައި އޮތް ބޯޓަކުން 10 ގޭސްފުޅި ވަގަށް ނަގައިފިއެވެ.
ފުލުހުން މިއަދު ބުނީ އެ ވައްކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު 8:46 އެހާކަންހާއިރު ކަމަށެވެ. ބޯޓުން ވަގަށް ނަގައިފައިވަނީ 10 ލުއި ގޭސްފުޅި ކަމަށެވެ.
ގޭސްފުޅިތައް ވަގަށް ނެގި މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން މިއަދު ބުނީ އަބަދަށްފެހި މަގުގައި ހުންނަ ފާމަސީއަކުން ވައްކަން ކޮށްފައިވާކަމުގެ ރިޕޯޓު 8:30 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ. އަދި އެ ހަމަ އެ މަގުގައި ހުންނަ ”ނިއު ލައިން“ ފިހާރައިން ވައްކަން ކުރި މައްސަލައެއް 7:54 އެހާކަންހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ފިހާރަތަކުން ވައްކަންކުރި މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށާއި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި