ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ މެހެމާން ދާރީގައި ކުރައްވާ އުމްރާ ދަތުރުފުޅެއްގައި، ރައީސް ޑރ. މުޙައްމަދު މުއިއްޒު އަދި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މަދީނާއަށް ވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން އުމްރާގެ އަޅުކަމަށް ސައުދީއަށް ފުރާވަޑައިގެންނެވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ސައުދީ ސަރުކާރުން ފޮނުއްވި ހާއްސަ މަތިންދާ ބޯޓެއްގައެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒު ސައުދީއަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް އެންމެ ކުރީ ސަފުގައި ހުންނެވީ މަދީނާ ސަރަހައްދުގެ ގަވަރުނަރު، ސާހިބުއްސުމުއްވުލް މަލަކީ އަލްއަމީރް ސަލްމާން ބިން ސުލްތާން ބިން އަބްދުލްއަޒީޒް އާލް ސުއުދު ކަމަށެވެ.
ސައުދީގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ރައީސްގެ ދެކަނބަލުން މަދީނާއަށް ވަޑައިގެން ވަނީ ކީރިތި ރަސޫލާ މުހައްމަދު ސައްލަ ﷲ އަލައިހި ވަސައްލަމަގެ މިސްކިތަށް ޒިޔާރަތްކުރައްވައި އެ މިސްކިތުގައި ނަމާދުކުރައްވައިފައެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި، މިނިސްޓަރު ޝަހީމުގެ އިތުރުން އިސްލާމީ މަރްކަޒުގެ އިސް އިމާމު ޝައިހް މުހައްމަދު ލަތީފު، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް، ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް އަދި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު ބައިވެރިވެވަޑައިގަނަންވައެވެ.




ގުޅުންހުރި
”މަސައްކަތް މިކުރަނީ ވެރިކަމުގެ ހުވާގެ މަތީގައި ހުރެ, ކޮންމެ ދުވަހަކުވެސް އެހުވާ
ދައުލަތަށް ދިގު މުއްދަތަށް ހިދުމަތްކުރުމުގެ އިނާމު ސްޓެލްކޯގެ 5 މުވައްޒަފަކަށް
ފުވައްމުލަކުގެ ފެން ތަޣައްޔަރުވެފައި، ސަރުކާރުން ބުނަނީ ހަ ގަޑިއިރުތެރޭ ހައްލުކޮށްދޭނެ ކަމަށް
ބަނގުރާ ބޮއެގެން ދަރިއަކަށް ޖިންސީ އަނިޔާކުރި މަންމަ ހައްޔަރުކޮށްފި
ހުޅުމާލޭ ފަޅުގައި އޮތް އުޅަނދެއްގައި ރޯވެ އަނދަނީ
މާލެ ސަރަހައްދުގައި 7000 ފުލެޓު ހަދަނީ، ރަސްމާލެއިން ފުރަތަމަ ދޫކުރާނީ 15000