ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްޒޭޝަން ހަސަން ޒަރީރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލު މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އެވެ. އެއީ ޒަރީރުގެ އިތުރުން ކުރީގެ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްޒޭޝަން ޔަޒީދު މުހައްމަދުގެ ނަމެވެ.
ނަމަވެސް ރައީސް މުއިއްްޒު އިސްކަންދެއްވާ ތަރުތީބުން މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި އިރު، ޔަޒީދުގެ ނަން އޮތީ އެއްވަނައިގަ އެވެ. ޒަރީރުގެ ނަން ހިމަނުއްވާފައި ވަނީ ދެވަނައަށެވެ.
މަޖިލީހުގެ އިގުތިސޯދީ ކޮމިޓީން އެ ދެ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު، އެ ބޭފުޅުންނަށް ކޮމިޓީން ރުހުން ދޭން ފެންނަ ކަމަށް ނެގި ވޯޓުގައި އެ މަގާމަށް ޔަޒީދު އައްޔަންކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ހަތަރު މެންބަރުންނެވެ. ނަމަވެސް ޒަރީރަށް ރުހުން ދޭން ފާސްކުރީ 10 މެންބަރުންގެ ވޯޓުންނެވެ.
އެހެންކަމުން އެގޮތަށް ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ފޮނުވި ރިޕޯޓުގައިވާ ގޮތަށް އެ މަގާމަށް ޒަރީރު އައްޔަން ކުރަން ރުހުން ދިނުމަށް މަޖިލީހުން ފާސްކުރީ މިއަދުގެ ޖަލްސާގައި ތިއްބެވި 48 މެންބަރުންގެ ތެެރެއިން 45 މެންބަރުން ވޯޓު ދެއްވައިގެންނެވެ.




ގުޅުންހުރި
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ
އިންކަމް ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި
އަގު ވެއްޓޭ ކަމަށްބުނެ ވިޒިޓް މޯލްޑިވްސް އެމްބެސެޑަރުކަމުން ”ޓޫއޮފްއަސް“ ސަސްޕެންޑުކޮށްފި
މިހާތަނަށް 35،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުން ސުޖާތާ އިސްތިއުފާ ދެއްވައިފި
ރައީސްގެ މޭޔަރާއި ކައުންސިލް ހޮވީމައި މެނިފެސްޓޯގައިވާ ހުރިހާ ކަމެއް ޝައްކެއް ނެތި