ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ މަސައްކަތް މިމަސް ތެރޭގައި ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ޝަފީއު ފޭސްބުކުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްކޫލުތައް އޭސީ ކުރަން ނިންމައިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ، ލަފާފުޅުގެ މަތިން ކަމަށެވެ.
”އިރާދަކުރެއްވިއްޔާ ދެ އަހަރު ތެރޭގައި ކޮމިއުނިޓީގެ އެހީތެރިކަމާ އެކު ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީކޮށް ނިންމާނަން. އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާ އެކު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް މި މޭ މަހުގެ ފަހު ހަފްތާގައި އިފްތިތާހު ކުރާނަން“ ޝަފީއު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ތެރޭގައި ފަށާ ޓީޗަރުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމެއް ވެސް ފަށާނެ ކަމަށާއި އެ ޕްރޮގްރާމްއާއެކު މުދައްރިސުންނަކީ ގަދަރުވެރި ބައެއްކަމަށް ހެދުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. ސްކޫލްތަކުގައި މުދައްރިސުން ހޭދަކުރާ ވަގުތު މަދުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިއަހަރު ފަށާ ދިރާސީ އަހަރުގައި ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ގިނަ ޕްރޮޖެކްޓުތަކެއް ފެށުމަށް ރޭވިފައިވާ ކަމަށް ޝަފީއު ވިދާޅުވިއެވެ.
ސްކޫލުތަށް އޭސީ ކުރަން ހަމަޖެހިފައިވާ ވާހަކަ ޝަފީއު ވިދާޅުވެފައި މިވަނީ ސްކޫލްތަކުގެ ކްލާސްރޫމްތައް ހޫނުކަމުގެ ޝަކުވާ ބެލެނިވެރިން ކުރަމުންދާ ދަނޑިވަޅެއްގައެވެ. ރާއްޖޭގެ ހޫނުމިން މައްޗަށް ދާތީ އޭސީއާ ނުލައި ކިޔަވައިދިނުން ކުރިއަށް ގެންދިއުން ރަނގަޅު ނޫން ކަމަށް ވެސް ބައެއް ބެލެނިވެރިން ވެސް ދަނީ ބުނަމުންނެވެ.
ގުޅުންހުރި
އަރަބިއްޔާގެ މަސައްކަތް ނުފެށީ 80 މިލިއަން ރުފިޔާ ސަލާމަތްކުރަން: މިނިސްޓަރު
އެކެޑަމިކް ކަލަންޑަރު: ފުރަތަމަ ޓާމު ޗުއްޓީ ފަށާނީ ޖުލައި 25ގައި، ބޮޑު
4،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޭލެވެލް އިމްތިހާން ފަށައިފި
މުވައްޒަފުން އާއިލާއަށް ދޭ ވަގުތު މަދުވާތީ، އެ ވަގުތު އިތުރުކުރަން ބާރު
ސްކޫލުތަކުގެ ހަރަކާތްތައް ހުކުރު ދުވަހު ނުބާއްވަން އަންގައިފި
ކްލާސްތަކަށް ވަކިވަކި ވައިބާ ގުރޫޕް ނުހަދަން އަންގައިފި