ރާއްޖެ އިން 60،000 ޑޮލަރު ބޭރުކުރަން އުޅުނު މީހަކު ހިފަހައްޓާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިދިޔަ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުުވުގައި އިހުސާން ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އުޅުނު އެ މީހާ ހިފެހެއްޓީ މި މަހުގެ ކުރީކޮޅު ކަމަށެވެ. އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އަދި ހިފެހެއްޓީ ކޮންއިރަކު ކަމެއް އަދި އެކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް މިނިސްޓަރު ނުދެއްވަ އެވެ.
ރާއްޖެ އިން 10،000 ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ބޭރަށް ގެންދާ ހާލަތުގައި ފައިސާ ޑިކްލެއާކުރަން އޮންނަ އުސޫލު ސަރުކާރުން ވަނީ ހަރުކަށިކޮށްފަ އެވެ.
އެގޮތުން މިހާރު 10،000 ޑޮލަރަށް ވުރެ ގިނަ ޑޮލަރު ނުވަތަ އެހެން ފައިސާއެއް ނަމަވެސް ރާއްޖެ އިން ބޭރުކުރާ ނަމަ އެ ފައިސާ ހިފަހައްޓައި އެ ފައިސާ ހޯދީ ކޮން ތާކުން، ކިހިނެއްކަން ރަަނގަޅަށް ބަޔާންކޮށްދީ، ސާބިތުކޮށްދޭން ޖެހޭނެ އެވެ.
އަދި އެ މީހާ ދައްކަނީ ގާނޫނީ އިމުގެ ތެރެއިން ބަލާއިރު ހަމަޖެހޭ ވާހަކައެއްތޯ ބަލާފައި ނޫނީ އެ ފައިސާ ދުލެއް ނުކުރާނެ އެވެ.




ގުޅުންހުރި
”މަސައްކަތް މިކުރަނީ ވެރިކަމުގެ ހުވާގެ މަތީގައި ހުރެ, ކޮންމެ ދުވަހަކުވެސް އެހުވާ
ދައުލަތަށް ދިގު މުއްދަތަށް ހިދުމަތްކުރުމުގެ އިނާމު ސްޓެލްކޯގެ 5 މުވައްޒަފަކަށް
ފުވައްމުލަކުގެ ފެން ތަޣައްޔަރުވެފައި، ސަރުކާރުން ބުނަނީ ހަ ގަޑިއިރުތެރޭ ހައްލުކޮށްދޭނެ ކަމަށް
ބަނގުރާ ބޮއެގެން ދަރިއަކަށް ޖިންސީ އަނިޔާކުރި މަންމަ ހައްޔަރުކޮށްފި
ހުޅުމާލޭ ފަޅުގައި އޮތް އުޅަނދެއްގައި ރޯވެ އަނދަނީ
މާލެ ސަރަހައްދުގައި 7000 ފުލެޓު ހަދަނީ، ރަސްމާލެއިން ފުރަތަމަ ދޫކުރާނީ 15000