މާލޭ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރުތަކުގައި ޕަސެންޖަރު އަރުވާ ލަގެޖަށް ފަސް ރުފިޔާ ނެގޭގޮތް ހަދައިފިއެވެ.
މީގެ ކުރިން ލަގެޖުތަށް ކިތަންމެ ވަރަކަށް އެރުވިޔަސް އެއްވެސް ޗާޖެއް ނެގުން މަނާވާނެއެވެ.
ޓްރާސްޕޯޓް މިނިސްޓްރީން މިއަދު ވަނީ މާލެ ސަރަހައްދުގެ ޓެކްސީގެ އަގުތައް މިއަދު އަލުން އިއުލާންކޮށްފި އެވެ. އިއުލާނެއްގައިވާ ގޮތުން އާ އަގުތަކަށް އަމަލުކުރާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެންނެވެ.
އިއުލާނުގައިވާ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގ
ޑޮމެސްޓިކް ޓާމިނަލަށް ކުރެވޭ ދަތުރުތަކުން އެއާޕޯޓަށް ކަނޑައަޅާފައިވާ އަގުގެ އިތުރަށް 10ރ. ނެގޭނެއެވެ. އަދި ޓެކްސީއަށް އަރުވާ ލަގެޖުގެ ތެރެއިން ތިން ލަގެޖަށް ވުރެ އިތުރުވާ ނަމަ، އިތުރުވާ ކޮންމެ ލަގޭޖަކަށް 5 ރުފިޔާ ޗާޖުކުރެވޭނެއެވެ.
ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލުން ޓެކްސީ ނެގޭ ގޮތަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިދިޔަ ޑިސެމްބަރު މަހު ހަމަޖެއްސި، ނަމަވެސް ބައެއް ޓެކްސީތަކުން ޑޮމެސްޓިކް ޓާމިނަލާ ހިސާބަށް ދަތުރު ކުރަން ދެކޮޅު ހަދަ އެވެ.
އެކަމަށް ޓެކްސީތަކުން ދެކޮޅު ހަދަނީ ޑޮމެސްޓިކް ޓާމިނަލަށް ދާ ޓެކްސީތަކުން، ޔޫ ޓާން ނަގަން ޖެހޭނީ ކާގޯ އޭރިއާއާ ހިސާބުން އެ ކަމަށް ހާއްސަކޮށްފައިވާ ސަރަހައްދުން ކަމަށް ބުނެ އެވެ. އަދި މިނިސްޓްރީން އެތަނަށް ވަކި އަގެއް ކަނޑަނާޅައި އޮތުމުން ޓެކްސީ ޑްރައިވަރުން އެ ސަރަހައްދަށް މަޑު ކުރަނީ އެ މީހުން ބޭނުންވާ އަގަކަށެވެ.
ނަމަވެސް އެކަން ހައްލުކުރަން ފުލުހުން ނެރުމުން ޓެކްސީ ޑްރައިވަރުން ވަނީ އެއާޕޯޓަށް ދަތުރުކުރުން ހުއްޓާލައިފަ އެވެ.




ގުޅުންހުރި
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ބިދޭސީއަކު މަރުވެއްޖެ
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލުން: އަނިޔާވި މީހުންގެ އަދަދު 6 އަށް
ރައީސް މައުމޫނަށް ނޮވެމްބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ އަރުވަނީ
ބަނގުލަރާއެކު ގެސްޓްހައުސްއަކުން ހައްޔަރުކުރި ފުލުހަކު ސަސްޕެންޑުކޮށްފި
ހިތަދޫ ކަސްޓޯޑިއަލަށް މަސްތުވާތަކެތި ވެއްދި މައްސަލައިގައި ފުލުހަކަށް ދައުވާކުރަން ފޮނުވައިފި
މީގެ ކުރިން މާލެ ސަރަހައްދުގެ ސްކޫލުތަކުން ދުވާލަކު 60 އެއްހާ ވޭޕް