ނޭޕާލުގެ ކަތަމަންޑޫގައި ކުރިއަށްދާ ޕެރިސް އޮލިމްޕިކްސް 2024ގެ ދެކުނު އޭޝިއާ ގައުމުތަކުގެ ޓޭބަލް ޓެނިސް ކޮލިފިކޭޝަންގެ ފައިނަލް މެޗުން މޮޅުވެ، ރާއްޖޭގެ ފާތިމަތު ދީމާ އަލީ އޮލިމްޕިކްސްއަށް ކޮލިފައިވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު، މަރުހަބާ ވިދާޅުވެއްޖެއެވެ.
ދީމާގެ އާލާއާ މިއަދު ފޯނުން ގުޅުއްވައި ރައީސް ވިދާޅުވީ މިއީ އޮލިމްޕިކް ކޮލިފައިންގެ ފައިނަލް މެޗެއް ކާމިޔާބުކޮށްގެން އޮލިމްޕިކްސްގައި ވާދަކުރުމުގެ ޝަރަފްވެރި ޖާގައެއް ދިވެހި ކުޅިވަރު ކުޅުންތެރިއަކު ހާސިލްކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި އެކަމަށްޓަކައި ވަރަށް އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ މޮޅު ޓޭބަލްޓެނިސް ކުޅުންތެރީންނާ ވާދަކޮށް ދިވެހިރާއްޖޭގެ ޒުވާން އަންހެން އެތުލީޓަކު މި ހޯދި ބޮޑު ކާމިޔާބީއަށް މުޅިރާއްޖެ ފަހުރުވެރިވާކަން ފާހަގަކުރައްވައިފައެެވެ.
ކުޅިވަރުގެ ރޮނގުގައި ވަރަށް ޅަ އުމުރުގައި ދީމާ ހޯދަމުންދާ ހަލުވި ކާމިޔާބީތަކާ ކުޅިވަރުގެ ހުނަރު އިތުރަށް އުނގެނި ކުރިއެރުމަށް ކުރަމުންދާ ހިތްވަރު ރައީސް ވަނީ ނަމޫނާއެއްގެ ގޮތުގައި ފާހަގަ ކުރައްވައިފައެވެ.
ދީމާއަށް މި ލިބުނު ފުރުސަތުގައި ސަރުކާރުން ދެވެން އޮތް ހުރިހާ އެހީތެރިކަމަކާ އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފައެވެ.
”މިއީ ބައިނަލްއަގްވާމީ ކުޅިވަރުގެ މައިދާނުގައި މުޅި ދިވެހިރާއްޖެއަށް ލިބުނު ވަރަށް ބޮޑު އުފަލަކާ ކުރިއެރުމެއް“ ރައީސް ވިދާޅުވިއެވެ.
އީ ރާއްޖޭގެ ކުޅިވަރު ތާރީހުގައިވެސް ކޮލިފިކޭޝަނަކުން ނަތީޖާ ނެރެ، ކޮލިފިކޭޝަނެއް ކާމިޔާބު ކޮށްގެން އެތުލީޓަކު އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.
ދީމާ އޮލިމްޕިކްސް އަށް ކޮލިފައިވީ ދެކުނު އޭޝިއާ ގައުމުތަކުގެ ޓޭބަލް ޓެނިސް ކޮލިފިކޭޝަންގެ ފައިނަލް މެޗުގައި ސްރީ ލަންކާގެ ބިމާންޑީ ބަންޑާރާއާ ވާދަކޮށް، 4-1 ސެޓުން މޮޅުވެގެންނެވެ.
މިއަދު ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓު ރަނގަޅަށް ފަށައި، ލީޑުގައި ކުޅެމުން ގޮސް، ދީމާ ސެޓު ގެންދިޔައީ 11-8 ގެ ނަތީޖާއަކުންނެވެ. ނަމަވެސް ދެވަނަ ސެޓު ލަންކާގެ ބިމާންޑީއާ 11-8 އިން ގެންދިޔަ އެވެ.
އެ ހިސާބުން މެޗު އިތުރަށް ފޯރިގަދަވި އެވެ. އެގޮތުން ތިންވަނަ ސެޓުގައި ދީމާ ފުރަތަމަ ކޮޅުގައި 4-2 އިން ލީޑު ނެގި ނަމަވެސް ފަހުން ދެ ކުޅުންތެރިންވެސް ދިޔައީ އެއްވަރުވަމުންނެވެ. ޕޮއިންޓަކަށްފަހު ޕޮއިންޓަކުން އެއްވަރުވަމުން ގޮސް، ތިންވަނަ ސެޓު ދީމާ ކާމިޔާބު ކުރީ 11-13 އިންނެވެ.
ހަތަރުވަނަ ސެޓު ދީމާ ރަނގަޅަށް ފަށައިގެން ތިން ޕޮއިންޓްގެ ލީޑެއް ނެގި އެވެ. މެޗަށް ވަންނަން ބިމާންޑީއާ މަސައްކަތް ކުރި ނަމަވެސް ލީޑު ހިފަހައްޓަމުން ގޮސް ފަހު ސެޓު ދީމާ ކާމިޔާބު ކުރީ 11-7 އިންނެވެ. އަދި ފަހު ސެޓުގައި ދީމާ ވަނީ 11-5 އިން ކާމިޔާބު ކޮށްފަ އެވެ.
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
ގުޅުންހުރި
ސްޓެލްކޯ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ބޭއްވި މަހާސިންތާ ނިންމާލައިފި
ހަށިވިއްކި މައްސަލަ: ދިވެހި މީހާ ދޫކޮށްލައިފައި، ތައިލެންޑު ތިން އަންހެނުން ބަންދަށް
ޖިނާއީ ކުށްތަކާ ގުޅިގެން ކުރާ ޖޫރިމަނާގެ ފައިސާ ނުދައްކާ މީހުން ޖަލަށް
ﷲ އަށް ވަކީލުކުރުމަކީ، ވަކީލުކޮށްފީމޭ ބުނެ ދެއަތް އުރައިލައިގެން ތިބުމެއް ނޫން
ވެރިކަމުގައި މިހާރު މި ހުރީ އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ: ހުސެއިން
ފެނަކަ ގާދިއްފުށި ބްރާންޗުގައި މެނޭޖަރެއް ހުއްޓައި އިތުރު މެނޭޖަރެއް ނެގި ވާހަކަ