ސިންގަޕޫރުގެ އުމުރުން 34 އަހަރުގެ އަންހެނަކު މާމައަކަށް ވެއްޖެ އެވެ.
ސައުތް ޗައިނާ މޯނިން ޕޯސްޓުގައި ބުނެފައިވާ ގޮތުން މިހާރު 35 އަހަރުގެ އިންފްލުއެންޒަރެއް ކަމަށްވާ ޝީލީ ލިންގަށް ފުރަތަމަ މާމަ ދަރިއަކު ލިބުނީ މިދިޔަ އަހަރު, އޭނާގެ 17 އަހަރުގެ ފިރިހެން ދަރިފުޅަށް ދަރިއަކު ލިބި, ބައްޕައަކަށް ވުމުންނެވެ.
ޗިކަން ހޮޓްޕޮޓް ރެސްޓޯރެންޓެއް ހިންގާ އެ އަންހެން މީހާ ތިން ކައިވެންޏަކަށް ފަސް ކުދިން ލިބިފައިވެ އެވެ. އެންމެ ފުރަތަމަ ކުއްޖާ ލިބުނީ އުމުރުން 17 އަހަރުގަ އެވެ. އެއީ ފިރިހެން ކުއްޖެކެވެ. އެއަށްފަހު އޭނާގެ އިތުރު ފިރިހެން ކުއްޖަކާއި ތިން އަންހެން ކުދިން އެބަ ތިއްބެވެ.
މިހާރު ހުސްހަށިބައިކޮށް ހުރި ލިންގް ވަނީ އެހާ ޒުވާން އުމުރެއްގައި މާމައަކަށް ވުމުން ކުރެވޭ އިހުސާސްތައް ކިޔައިދީ މިދިޔަ މާޗު މަހުގެ ތެރޭގައި އިންސްޓަގުރަމްގައި ވީޑިއޯއެއް ހިއްސާކޮށްފަ އެވެ.
ލިންގް ބުނީ އެއީ ރަނގަޅެއް އަދި ނުބައެއް ކަމަށާއި އަދި އޭނާގެ އެންމެ ދޮށީ ދަރިފުޅުގެ އުމުރުން 17 އަހަރުގައި ބައްޕައަކަށް ވުމުން ހާސްނުވާ ކަމަށެވެ. ނަމަވެސް އެހާ ޒުވާން އުމުރުގައި ދަރިން ހޯދުމަކީ އޭނާ ހިތްވަރު ދޭނެ ކަމެއް ނޫން ކަމަށާއި އެކަމުގައި ހުރި ބުރަ އޭނާއަށް އެނގޭ ކަމަށެވެ.
ނަމަވެސް ދަރިފުޅަށް އެއްޗެހި ކިޔުމުގެ ބަދަލުގައި ދޮށީ ދަރިފުޅަށް ލިބުނު ދަރިފުޅު ބޮޑުކުރުމުގައި ނަސޭހަތާއި ހިތްވަރު ދޭނެ ކަމަށް ލިންގް ބުންޏެވެ.
”އެކަން އެ އޮތީ ވެފަ. މިހާރު އަހަންނަށް ކުރެވޭނެ ކަމަކީ އެކަމާ ކުރިމަތިލާން ދަސްކޮށްދިނުން. ގޮތް ނިންމަންވީ ގޮތާއި ޒިންމާދާރުވާން ދަސްކޮށްދިނުން. ދަރިން އެހީތެރިކަމަށް އެދުނީމަ, އެކަމެއް ބުނެދީ, ހިތްވަރުދީ, ކިޔައިދޭން ބެލެނިވެރިން ތިބެންޖެހޭނެ. ކޮންމެ ކަމެއް ވިޔަސް, ދަރިންނަށްޓަކާ މައިންބަފައިން ތިބެންވާނެ,“ ލިންގް ބުންޏެވެ.
ގުޅުންހުރި
ފުރުގާން މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދީފި، ހަތިމުތައް ހުރީ އުކާލާފައި
ޕްރައިމަރީއަކާނުލައި ނެތި ރިޔާސީ ޓިކެޓް ރައީސްއަށް ލިބިވަޑައިގަންނަވާނެ: އަބްދުއްރަހީމް
ފުރުސަތު ލިބުނަސް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަނުކުރައްވާނަން: އަބްދުއްރަހީމް
ގެއަކަށް ވެއްދުމަށްފަހު އޮރިޔާންކޮށް، ފޭރުން: މަންމައާއި ދަރިފުޅު އެއް އަހަރަށް ޖަލަށް
އިންޑިއާއިން، ރާއްޖެއަށް ވިއްކާ ހަކުރު ލަންކާއަށް ގެންދާ މައްސަލަ ބަލަނީ
ޕީއެންސީ އިންތިހާބު: ދެ ކެންޑިޑޭޓެއްގެ މެދުގައި ހަމަނުޖެހުން ހިންގައި ވޯޓު ފޮށި