މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރަން ފަށާފައިވާ މަޝްރޫއު އަވަސް ކުރުމުގެ ގޮތުން 24 ގަޑިއިރު މަސައްކަތް ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.
މާލޭގައި ފެންބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމަށް ލޯކަލް ގަވަރުމަންޓް މިނިސްޓްރީން ދިވެހި ސިފައިންނާ ހަވާލުކުރި މަޝްރޫއު، ދިވެހި ސިފައިންގެ ފަރާތުން ހަވާލުކުރީ އާރުޑީސީ އާއެވެ.
އެ މަޝްރޫއު މި މަހުގެ ނުވަވަނަ ދުވަހު ފަށާފައިވާއިރު، މަޝްރޫއުގެ ދަށުން ފުރަތަމަ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ނިންމާފައި ވަނީ ވެސްޓް ޕާކު ސަރަހައްދުގަ އެވެ. އެގޮތުން އެ ސަރަހައްދުގައި އުފެދޭ ފެން ބޭރުކުރުމަށް ހަރުކުރަންޖެހޭ ވަސީލަތްތައް ހަރުކުރާނެ އެވެ.
އާރުޑީސީން މިއަދު ބުނީ، އެ މަޝްރޫއުގެ މަސައްކަތްތައް ވެސްޓްޕާކް ސަރަހައްދުގައި ކުރަމުން އަންނައިރު، މަޝްރޫގެ ދަށުން ގާއިމުކުރާ ކަލެކްޝަން ޓޭންކުގެ ކޮންކްރީޓް މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.
މަސައްކަތް ކުރިއަށްދާއިރު ވެސްޓްޕާކް ސަރަހައްދުގެ ޓްރެފިކް ފްލޯ ކަންކަމާއި އާންމު ދިރުއުޅުމުގައި ރައްޔިތުންނަށް ގުޅުން ހުރި ކަންކަމުގައި އަމަލުކުރާނެ ގޮތްތަކާ ގުޅޭ ގޮތުން ކަމާ ގުޅުންހުރި މުއައްސަސާތަކާއެކުގައި މަޝްވަރާތައް ކުރެވި ގޮތްތަކެއް ކަނޑައެޅިފައިވާ ކަމަށްވެސް ބުންޏެވެ.




ގުޅުންހުރި
ވީއައިއޭގެ އާ ޓާމިނަލުން އިންޑިއާގެ ގައުމީ އެއާލައިނަށް ހިދުމަތް ދޭން ފަށައިފި
ޝަހީދުންގެ ބިނާ ކައިރީގައި މިރޭ ބަޑި ޖެހުމުގެ ތަމްރީނެއް!
މި ބަންދުގައި ސްޓެލްކޯގެ ކައުންޓަރުތައް ބަންދުވިޔަސް، ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް ލިބޭނެ
އައިލެންޑް އެވިއޭޝަނުން 49.4 މިލިއަން ރުފިޔާއަށް ހުުޅުމާލެއިން ބިމެއް ގަނެފި
ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ދައްކައި، ޖިންސީ ގޯނާކުރި މައްސަލައެއްގައި ދިވެހި ޓީޗަރަކު
ހިޔާ ޓަވަރެއްގެ 14 ވަނަ ބުރިން މީހަކު ވެއްޓި މަރުވެއްޖެ، މޫނު