އަންހެނުންތަކެއް ވެގެން އޮޅުވާލައިގެން ހުޅުމާލެ ހިޔާ ޓަވަރުގެ އެޕާޓްމެންޓަކަށް މީހުން ގެންދިއުމަށްފަހު ރަހީނުކޮށް، ފޭރޭ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ހިޔާ ފްލެޓްގެ ވައިބާ ގްރޫޕެއްގައި ޖަހާފައިވާ ޕޯސްޓެއްްގައި ބުނެފައި ވަނީ ފޭސް 2ގެ ބައެއް ޓަވަރުތަކުގައި ދިރިއުޅެމުން އަންނަ އަންހެނުންގެ ފަރާތުން ފިރިހެން ރަހީނުކުރަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ. އެހެންކަމުން އެއްވެސް އަންހެނަކު ބުނެގެން އެ މީހުންގެ އެޕާޓްމަންޓަަށް ނުދިއުމަށާއި ކުޑަކުދިން އިތުރަށް ސަމާލުވުމަށް އެދިފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަޅީގައި ބޮޑަށް ޖައްސަނީ ދުވަސްވީ ފިރިހެނުންނެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ އެކި ވާހަކަ ދައްކައި ހައްދާލައިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޓަވަރެއްގެ އެޕާޓްމެންޓަކަށް މީހުން ގެންގޮސް ފޭރެމުން ދާ މައްސަލައެއް އެ އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
ފުލުހުން ވަނީ، ކާކުކަން ނޭނގޭ ނުވަތަ ގޮތް ނޭނގޭ މީހުން އެގޮތަށް ތަންތަނަށް ދާން އެދުނު ކަމުގައި ވިޔަސް ނުދިއުމަށްވެސް އިލްތިމާސްކޮށްފަ އެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި