އެއް މިނެޓު ތެރޭގައި ހަތަރު މެންޑަރިން ނޮޅައިގެން ގިނިސް ވޯލްޑް ރެކޯޑެއް މުގުރާލައިފި އެވެ.
އެ ރެކޯޑް މުގުރާލީ އިންގްލެންޑްގެ ޔޯކަށް އުފަން އުމުރުން 11 އަހަރުގެ ޓޭލާ ކޭމްޕް ނަމަކަށް ކިޔާ ކުއްޖެކެވެ.
އޭނާއަށް އެ ފުރުސަތު ލިބުނީ އުމުރުން 16 އަހަރުން ދަށުގެ ކުދިންގެ ތެރެއިން އެއް މިނެޓު ތެރޭގައި އެންމެ ގިނަ މެންޑަރިން ނޮޅުމުގެ ރެކޯޑް ހެދުމަށް ޑިޖިޓަލް ރޭޑީއޯ ސްޓޭޝަނަކުން ގެނެސްދޭ ޕްރޮގްރާމެއްގައި ހުޅުވާލި ފުރުސަތަކަށް ކުރިމަތިލައިގެންނެވެ. އެ ރެކޯޑް ހަދަން ޖެހުނީ އޮން އެއާގަ އެވެ.
ރެކޯޑް މުގުރާލި ޓޭލާ ކޭމްޕްގެ މަންމަ ބުނި ގޮތުގައި، އެ ރެކޯޑް ހެދުމަށް ގޭގައި ކުރި ފަރިތަކުރުންތަކުގައި ކޭމްޕަށް އެއް މިނެޓު ތެރޭ އަށް އޮރެންޖު ނޮޅާލެވުނެވެ. ނަމަވެސް އެ ރެކޯޑް ހަދަން ޖެހުނީ އޮން އެއާގައި ކަމުން އުދަނގޫތަކެއް ކުރިމަތިވީ ކަމަށް ބުންޏެވެ.




ގުޅުންހުރި
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނޭ
ކައުންސިލު އިންތިހާބުގައި ޖޭޕީން ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމައިފި
ހަންގަނޑު އޮމާންކޮށްދޭ ކަމަށްބުނެ ބޭސް ވިއްކާ ޕޭޖުތަކާ މެދު ފިޔަވަޅު އަޅަނީ
ފުރަތަމަ 24 ގަޑިއިރު ތެރޭ ގޯއްޗާއި ފުލެޓަށް 518 އެޕްލިކޭޝަން
ޕިކްނިކް އައިލެންޑްތައް ތަރައްގީކުރުމަށް ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދަނީ
އަރިދަފުސް ރޯގާ އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި