މާލެ ސިޓީ ކައުންސިލް ބެލުމުގެ ދަށުގައި ހުރި މިސްކިތްތަކުގެ ފޮޅާ ސާފުކުރުމުގެ މަސައްކަތް ދިވެހިންނާ ހަވާލުކޮށްފި އެވެ.
މާލޭ ސަރަހައްދުގައި ހުންނަ ސިޓީ ކައުންސިލްގެ ދަށުގައިވާ މިސްކިތްތައް ފޮޅާސާފުކުރުމުގެ މަސައްކަތް މީގެ ކުރިން ކުރަނީ ބިދޭސީންނެވެ. އެހެންވެ ސިޓީ ކައުންސިލުން ވަނީ އެ ވަޒީފާއަށް ދިވެހިން ހޯދުމަށް ނިންމައި ވަޒީފާއަށް ކުރިމަތިލުމަށް ހުޅުވާލައިފައެވެ. ނަމަވެސް އެ މަސައްކަތަށް އެކަށީގެންވާ އަދަދަކަށް މީހުން ލިބުނީ ތިން ފަހަރަށް އިއުލާންކޮށްގެންނެވެ.
ސިޓީ ކައުންސިލުން މިރޭ އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ ސިޓީ ކައުންސިލްގެ ދަށުގައި ހުރި 34 މިސްކިތެއްގެ ފޮޅާ ސާފުކުރުމުގެ މަސައްކަތް ދިވެހިންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެއީ މާލޭގެ 22 މިސްކިތެއް، ހުޅުމާލޭގެ 10 މިސްކިތެއް އަދި ވިލިމާލޭގެ ދެ މިސްކިތެއް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މިސްކިތް ފޮޅާ ސާފުކުރާ ދިވެހިންނަށް މުސާރައިގެ ގޮތުގައި 12،000 ރުފިޔާ ލިބޭނެއެވެ.
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
ގުޅުންހުރި
މާލެ ސިޓީ ކައުންސިލުން ހުސްވި ގޮނޑިތަކަށް ވާދަކުރާނީ އެމްޑީޕީއާއި ޕީއެންސީން އެކަނި
އީދު ދުވަހުގެ ހަވީރު ވެހިކަލް ދުއްވުން މަނާވާނެ!
”އަހަރެން ހަމަ ކޭފަދަ“މިސްކިތް
ހުޅުމާލޭގައި ހަދާ ބުޅާ ފެސިލިޓީގެ އަމަލީ މަސައްކަތް ފަށައިފި، ދެ މަހެއްގެ
ދެ މިސްކިތެއްގެ އަންހެނުން ވުޟޫކުރާ ބައިގެ ތަކެއްޗަށް ގެއްލުން ދީފި
ޗަމްޕާ ބްރަދާސް އިން ހަދިިޔާކުރި ކާއްޓާއި ކަރާ އަދި ފިޔާ މިރޭ