އަންބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައި އޮތް ބިރުވެރި މިންވަރު ފެނިގެންދާ ފިލްމު، “ކަމަނާ“ ލޯންޗުކޮށްފި އެވެ.
ފިލްމު ”ކަމަނާ“ގެ ނަން ލޯންޗުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު އޮލިމްޕަސް ސިނަމާގަ އެވެ.
ހަގީގީ ހާދިސާއަކަށް އުފައްދާފައިވާ އެ ފިލްމު ފެށެނީ ހއ. މޮޅަދޫގައި ވަރަށް ލޯބިން ދިރިއުޅެމުންދާ ދެމަފިރިން, ރިމްޝާއާއި ހައިދަރުގެ ދިރިއުޅުމަށް އިތުރު އުފާވެރިކަމެއް ލިބޭ ހިސާބުންނެވެ. އެއީ ރިމްޝާއަށް ދަރިޔަކު ލިބެން އުޅޭކަން އެނގޭ ހިސާބުންނެވެ. ނަމަވެސް އެ އުފާވެރިކަމަށް ހީވެސް ނުކުރާވަރު ކަޅު ބޯ ވިލާގަނޑެއްގެ ހިޔަނިއެޅި ރިމްޝާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިގެންދާތަން އެ ފިލްމުން ފެނިގެންދާނެ އެވެ.
ރިޝްފާ އަބްދުލްސަމަދުގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރެވެ. މިއީ ’ސަޒާ‘ އަދި ’ދިލަކަނި‘ އަށްފަހު މުނައްވަރު ޑައިރެކްޓްކުރާ ތިންވަނަ ފިލްމެވެ. ފިލްމުގެ ޕްރޮޑިސަރުންނަކީ ކާމިޔާބު ފިލްމު ”ލޯބިވެވިއްޖެ“ ގެ ޕްރޮޑިއުސަރު ޝާނިޒް އަލީ އަދި ހުސެން މުނައްވަރެވެ.
ކިޑް ޕްރޮޑަކްޝަންއާއި ސެޓާން ސްޓޫޑިއޯ ހުށަހަޅައިދޭ މި ފިލްމުގައި ރިމްޝާގެ ރޯލުން ފެނިގެންދާނީ މަރިޔަމް އައްޒަ އެވެ. ހައިދަރުގެ ރޯލުން ފެނިގެންދާނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. މިއީ މިފަދަ ބޮޑު ރޯލަކުން އައްޒައާއި ޔޫއްޕެ އެކުގައި ފެންނަ ފުރަތަމަ ފަހަރެވެ.
މި ފިލްމުގެ އެންމެ ހާއްސަ އެއް ކަމަކީ ރިމްޝާގެ ރޯލަށް އައްޒަގެ ހަށިގަނޑަށް ގެންނަން ޖެހުނު ބަދަލެވެ. އެގޮތުން މިއީ އައްޒަގެ ފިލްމީ ކެރިއަރުގައިވެސް އޭނާ ފެނިފައި ނުވާފަދަ ރޯލެކެވެ.
އޭގެ އިތުރުން ދެން މި ފިލްމުން ފެނިގެންދާނެ އަނެއް ތަރިއަކީ އައިމިނަތު ރަޝްފާ (އާޝާ) އެވެ. ފިލްމު ’ކަމަނާ’ގައި އާޝާ ފެނިގެންދާނީ ފިލްމުގެ މުޅި ނެރޭޓިވް އޭނާ ބޭނުން ގޮތަކަށް އަނބުރާލާ މުހިންމު ރޯލަކުންނެވެ.
އައްޒަ، ޔޫއްޕެ އަދި އާޝާގެ އިތުރުން ދެން މި ފިލްމުން ފެނިގެންދާނީ ދަރާ ރަޝީދު, މުހައްމަދު މަނިކު އަދި ނަތާގެ ކެރެކްޓާތައްވެސް ފިލްމު ކުރިއަށް ގެންދިއުމުގައި މުހިންމު ރޯލެއް އަދާކުރެ އެވެ.
އޮލިމްޕަސް ސިނަމާގައި ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ 27 އޯގަސްޓް 2024 ގަ އެވެ.
ޔޫޓިއުބްލިންކް:
https://youtu.be/jFoETWKEVIA?si=lxHAdjVZbous35-v
ގުޅުންހުރި
ޑރ. ނިޔާފުގެ ހެކިބަސް: ފަރުވާ ދެމުންދަނިކޮށް ނަޝީދުގެ ވިންދު ހުއްޓުނު
ކުއްޖަކު ފެންވަރަން ހުއްޓައި ވީޑިއޯ ކޮށްގެން 20 އަހަރަށް ޖަލަށްލި މީހަކު
އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލައިފި
އާޓިފިޝަލް ބީޗު ކައިރިން މަގުމައްޗަށް ވެއްޓުނު މީހަކު މަރުވެއްޖެ
100 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް މިހާރު ޒަކާތު ފައިސާ ލިބޭ:
ރައީސްގެ އަބުރުފުޅަށް އަރައިގެން ކަމަށް ބުނެ ގައްދޫ ކައުންސިލްގެ ރައީސަށް ނަސޭހަތް