ރާއްޖެ އިން މި އަހަރު ހައްޖަށްދާ ހައްޖުވެރިން މާދަމާ ފުރަން ފަށާނެ އެވެ.
މި އަހަރުވެސް ރާއްޖެ އިން 1000 ހައްޖުވެރިން ހައްޖަށްދާނެ އެވެ. އިތުރު ކޯޓާއެއް އަދި ރާއްޖެއަށް ލިބިފައެއް ނުވެ އެވެ.
ރާއްޖެ އިން މި އަހަރު ހައްޖަށްދާ ހައްޖުވެރިންގެ ކަންކަން ހަމަޖެއްސުމަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން 10 ބޭފުޅުންގެ މައްޗަށް އެކުލެވޭ އެޑްވާންސް ޓީމަކާއި ހައްޖު މިޝަންގައި ހިމެނޭ ނުވަ ބޭފުޅަކު މި ވަގުތު ތިބީ ސައުދީ އަރަބިއާގަ އެވެ.
ހައްޖު މިޝަން އިން ބުނީ ރާއްޖެ އިން މާދަމާ 298 ހައްޖުވެރިއަކު ހައްޖަށް ފުރާނެ ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހު އިތުރު 353 ހައްޖުވެރިއަކު އަދި ފަހު ގުރޫޕުގައި އަންނަ މަހުގެ ހަތް ވަނަ ދުވަހު 339 ހައްޖުވެރިއަކު ސައުދީއަށް ފުރާނެ ކަމަށް ބުންޏެވެ.
ހައްޖުވެރިން އެއާޕޯޓަށް ގެންދިއުމަށް ބަސް ދަތުރުތައް ހަމަޖައްސާފައިވާއިރު، ހުރިހާ ހައްޖުވެރިންވެސް ސައުދީއަށް ދާނީ އެ ގައުމުގެ ގައުމީ އެއާލައިން، ސައުދިއާގަ އެވެ.

ގުޅުންހުރި
ތިން އަހަރުން ސިފައިންނާއި ފުލުހުންގެ ބޭސްފަރުވާއަށް 727 މިލިއަން ރުފިޔާ ހޭދަކޮށްފި
އަގުބޮޑު އިނާމް ތަކާއި އެކު އެސްޓީއޯ ”މެގަ ސޭލް ޕްރޮމޯޝަން“ ފަށައިފި
މެލޭޝިއާގައި ހުކުރު އަޅާ މީހުން 2 އަހަރަށް ޖަލަށް ލަނީ
ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރަކަށް ވަން ޕީސްގައި ސަންޖީގެ ރޯލް ކުޅޭ ސްކައިލާ
ސަލްޓަން ޕާކު ތަރައްގީ ކުރަން ތިން މަހަށް ބަންދުކޮށްފި
ވިހެއުމުގެ ޗުއްޓީގެ މައްސަލައަކާ ގުޅިގެން ނަދާ ސެލޫން ހައިކޯޓަށް