ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މިމަހުގެ ހަތްވަނަ ދުވަހު މާރާމާރީ ހިންގި ބިދޭސީ މީހާ 10،800 ރުފިޔާއިން ޖޫރިމާނާކޮށްފިއެވެ.
ވީއައިއޭގެ ޗެކިން ކައުންޓަރު ސަރަހައްދުގައި އެ ބިދޭސީ މީހާ މާރާމާރީ ހިންގި ވީޑިއޯ ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ އެ ބިދޭސީ މީހާ ވަނީ އެއާޕޯޓުގައި މަސައްކަތްކުރާ މީހެއްގެ ގައިގައި ޖަހާ މަންޒަރެވެ. ފަހުން ފުލުހުން އެ ބިދޭސީ ހައްޔަރަށް ގެންދާ ވީޑިއޯއެއް ވެސް ފަހުން ވަނީ އާންމުވެފައެވެ. އެ ބިދޭސީ މީހާ ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކާއެކު ވަނީ ބަންދުން ދޫކޮށްލުމަށް ހަމަ އެދުވަހު އަމުރުކޮށްފައެވެ.
އެ ބިދޭސީ މީހާއަކީ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ހަޑަޑް ވިސާމްއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ވަނީ ހަޑަޑް ވިސާމްގެ މައްޗަށް ދެ ދައުވާއެއް ކޮށްފައެވެ. އެ ދެ ދައުވާއަކީ އަނިޔާއެއް ދިނުމުގެ ދައުވާ އާއި ގައިގައި އަތްލުމުގެ ދައުވާއެވެ. ހަޑަޑް ވިސާމްވަނީ އެ ދައުވާތަކަށް ކުރިމިނަލް ކޯޓުގައި އިއުތިރާފުވެ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ.
އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ހަޑަޑް ވިސާމްގެ މައްޗަށް ދައުލަތުންކުރި އަނިޔާއެއް ދިނުމުގެ އަދަބެއްގެ ގޮތުގައި ކުރިމިނަލް ކޯޓުން ވަނީ މިއަދު އޭނާ 3،600 ރުފިޔާއިން ޖޫރިމާނާކޮށްފައެވެ. އަދި އަނިޔާއެއް ދިނުމުގެ ދައުވާގެ އަދަބެއްގެ ގޮތުގައި ވަނީ 7،200 ރުފިޔާއިން ޖޫރިމާނާކޮށްފައެވެ.
އަދި ވަނީ އެ ފައިސާ މީރާއަށް މިއަދުން ފަށައިގެން ފަސް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގައިފައެވެ.




ގުޅުންހުރި
ޝަމްއާން ސްޓޫޑަންޓް ލޯނަށް ފައިސާ ދެއްކީ ބައްޕަ ދިން ފައިސާއިން ކަމަށްބުނެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
ރޯދަ މަހު ދުވާލު މަގުމަތީގައި ޗުއިންގަމެއް ކެއި މީހަކު ހައްޔަރުކޮށްފި
މަރުގެ މައްސަލައިގައި ހައްޔަރުކުރި ލަންކާ މީހާ ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތު
މާނުގެ މައްޗަށް ފަސް ދައުވާއެއް ސާބިތުނުވާ ކަމަށް ހުކުމްކޮށްފި