ހުލުމާލެއިން އިތުރުު ބިމެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން ގަނެފިއެވެ.
އެމްއެމްއޭން ގަނެފައިވަނީ 43،400 ހެކްޓަރުގެ ބިމެކެވެ.
އެ ބިިން އެމްއެމްއޭން ގަނެފައިވަނީ 210 މިލިއަން ރުފިޔާ އަށެވެ.
ސިވިލް ކޯޓުން އިއްޔެކުރި ހުކުމެއްގައި ބުނީ ބިމުގެ އަގަށްވާ ފައިސާ މިދިޔަ ޖެނުއަރީ މަހު އެމްއެމްއޭއިން، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ދައްކާފައިވާތީ އެ ބިން އެމްއެމްއޭއަށް މިލްކުވެފައިވާ ކަމަށެވެ.









