އަވައްޓެރި ސްރި ލަންކާގައި ދިރިއުޅޭ ރާއްޖޭގެ އިސްރަށްވެހީންނަށް ޕާމަނެންޓް ރެޒިޑެންސް ދިނުމަށް ދިވެހިނ ސަރުކާރުން، ލަންކާގެ ސަރުކާރުގައި އެދިއްޖެ އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން އެގޮތަށް ސްރީ ލަންކާގައި އެދިފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ އެ ގައުމުގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ޓިރަން އެލެސް އާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.
ދިވެހި ސަރުކާރުން އެ ބައްދަލުވުމުގެ އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.
ނަމަވެސް ލަންކާގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ވަނީ ރާއްޖޭގެ އިސްރަށްވެހީންނަށް ޕާމަނެންޓް ރެސިޑެންސް ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފަ އެވެ. އަދި
ވަނީ ރާއްޖެއާއި ލަންކާ ދެމެދު ވިސާގެ ކަންކަން ފަސޭހަ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައި ކަމަށެވެ.
ލަންކާގެ ސަރުކާރުން ޓޫރިސްޓް ވިސާގެ އިންތިޒާމުތަކަށް މިދިޔަ މަހު ބަދަލުތައް ގެނައި ނަމަވެސް، ދިވެހީންނަށް ކުރިއެކޭ ވެސް އެއްގޮތަށް ވިސާ ލިބެ އެވެ.


