ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި 17 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި އެވެ.
މޯލްޑިވްސް ކަސްޓަމް ސާވިސް (އެމްސީއެސް)އިން މިއަދު ވަނީ މިދިޔަ ދެމަސް ދުވަހުގެ ތެރޭގައި އަތުލައިގަތް މަސްތުވާތަކެތީގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.
ތަފާސްހިސާބުގައިވާ ގޮތުން ކަސްޓަމުން ވަނީ މިދިޔަ ދެމަސް ދުވަހުގެ ތެރޭގައި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 7.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ.
އެއީ 5،670 ގްރާމްގެ ކޮކެއިން، 1،690 ގްރާމްގެ ސިންތެޓިކް ކެތިނޯ، 300 ގްރާމްގެ ހެރޮއިން އަދި 180 ގްރާމްގެ ސިންތެޓީކް ކެތިނޯން ކަމަށް ކަސްޓަމުން ބުންނެވެ. އެ ތަކެތީގެ މަގުމަތީ އަގު 17.7 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ކަސްޓަމުން ބުންޏެވެ.
އެ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ވައިގެ މަގުން ރާއްޖެ އައި ފަސިންޖަރުން އަދި ކުރިއަރު މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލުތައް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތައް ހުރުމުން އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމުން ބުންޏެވެ.




ގުޅުންހުރި
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
އޮޕަރޭޝަން އަލިމަގު: އައްޑޫން ހައްޔަރުކުރި މީހުންގެ އަދަދު 10 އަށް
މަރުވެފައި އޮއްވައި ފެނުނު ބިދޭސީ މީހާގެ ހަށިގަނޑު ފަޅާލައި 78 ބުލެޓުގެ
އައްޑޫ ޑްރަގު ނެޓްވޯކުން ހައްޔަރުކުރި ބޮޑުންގެ ވަނަވަރު ހާމަކޮށްފި، ނަދީމް ހިމެނޭ
އޮޕަރޭޝަން އަލިމަގު: ގިނަ މީހުން ދޫކޮށްލައިފި، ޝަރީއަތް ނިމެންދެން ބަންދުކުރީ އެންމެ