ކޭޕާކް އެޕާޓްމެންޓްތައް ނިންމަން ހަވާލުކޮށްފައިވާ މުއްދަތުގައި އެ އިމާރާތުގެ މަސައްކަތް ނިމިފައިނުވާ މައްސަލައިގައި އެޗްޑީސީން އެއްވެސް ފިޔަވަޅެއް އަޅާފައިވާ ނަމަ އެކަން ލިޔުމުން އަންގަން ސިވިލް ކޯޓުން އަމުރު ކޮށްފި އެވެ.
ކޭޕާކް އެޕާޓްމެންޓާ ދެކޮޅަށް ދައުވާ ކުރުމަށްޓަކައި މީހަކު ވަނީ ހެކި ހާމަކޮށްދިނުމުގެ އަމުރަކަށް އެދިފަ އެވެ. އަދި ވަނީ އެޗްޑީސީއާއި ހަންބޯ ކުންފުންޏާއި ދެމެދު ހަދައިފައިވާ އެއްބަސްވުމުގެ ދަށުން ތަންފީޒު ކުރަންޖެހޭ ކަންކަން ކުރުމުގެ ބާރު އެހެން ފަރާތަކަށް ނުވަތަ ނޯ އޮބްޖެކްޝަން ދީފައިވާ ނަމަ އެކަން ވެސް ބަޔާންކުރާ ލިޔުމެއް ކޯޓު އަމުރެއް މެދުވެރިކޮށް އެޗްޑީސީ އަތުން ހޯދުމަށް އެދިފަ އެވެ. މީގެ އިތުރުުން ކޭޭޕާކް އެޕާޓްމެންޓްތަކުގެ މަސައްކަތް މުއްދަތުގައި ނިންމާފައި ނުވާތީ އެޗްޑީސީން އެކަމާ މެދު އެއްވެސް ފިޔަވަޅެެއް އަޅާފައިވާ ނަމަ އެކަން ވެސް އަންގައި ދިނުމަށް ވަނީ އެދި އަމުރަކަށް އެދިފަ އެވެ.
އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން އަމުރުކުރީ އަމުރަށް އެދުނު މީހާގެ އެދުނު ހުރިހާ ލިޔުމެއް 14 ދުވަސް ތެރޭގައި އެޗްޑީސީން ފޯރުކޮށްދިނުމަށެވެ.
އަދި ސިވިލް ކޯޓުން ވަނީ އެ ލިޔުންތަކާ އެކު، ދައުވާ ހުށަހަޅަން އެ މީހާ އަށް 30 ދުވަހުގެ މުއްދަތެއްދީފަ އެވެ. އެ މުއްދަތުގައި ދައުވާ ނުކުރާ ނަމަ އެ ލިޔުންތައް އިތުރު ބޭނުމެއް ނުކޮށް، ފަސް ދުވަހުގެ ތެރޭގައި އެޗްޑީސީ އަށް ރައްދު ކުރުމަށް އެ މީހާއަށް ވަނީ އަންގައިފަ އެވެ.

ގުޅުންހުރި
ރުކުމާ އަނެއްކާވެސް އެހެން ކުންފުންޏަކަށް، މިފަހަރު ފެނަކައިން މޯލްޑިވް ގޭހަށް
ރަސްމާލޭގައި ފްލެޓް އެޅުމުގެ ފުރުސަތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ހުޅުވާލައިފި
މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކުކޮށްގެން 380 ސައިކަލާއި 40 ކާރު
ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ
680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ޔަގީންވެއްޖެ: ސައީދު
ފުރަތަމަ އެސްއީޒެޑް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި