ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ހުށަހެޅުމަށް އެ ކުންފުނީގެ ބޯޑުން މިއަދު ނިންމައިފި އެވެ.
މިއީ މިދިޔަ 17 އަހަރުގެ ތެރޭގައި އެސްޓީއޯ އިން ހިއްސާދާރުންނަށް ހިއްސާގެ ގޮތުގައި ބަހާނެ އެންމެ ބޮޑު އަދަދެވެ.
އެސްޓީއޯ އަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ލިބުނުއިރު، ސާފު ފައިދާގެ ގޮތުގައި 819 މިލިއަން ރުފިޔާ ލިބުނެވެ. އެއީ 2022 ވަނަ ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދަށްވުރެ 91 މިލިއަން އިތުރު އަދަދެކެވެ.
އެސްޓީއޯ އިން ބުނީ، ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކުރުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހަޅާނެ ކަމަށާއި ހިއްސާގެ ފައިދާ ބަހާނީ އެ ޖަލްސާ އިން ފާސްވުމަށްފަހު ކަމަށެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެލައިޑް އިންޝުއަރެންސްގެ ހިސާބުތައް ނިންމުމުގައި ލަސްތަކެއް ދިމާވުމުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ހުއްދަ އާއެކު އެސްޓީއޯގެ ކުންފުނީގެ އަހަރީ ރިޕޯޓް އާންމުކުރުމުގެ މުއްދަތު މި މަހުގެ 15އަށް އަދި އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ މުއްދަތު އަންނަ މަހުގެ 15އަށް ވަނީ އިތުރުކޮށްފަ އެވެ.
އަދި ކުންފުނީގެ އަހަރީ ރިޕޯޓު އާންމުކޮށް އަހަރީ އާންމު ޖަލްސާއަށް ވަމުން އަންނަ ތައްޔާރީތަކުގެ މައުލޫމާތު ދިނުމަށް މި މަހުގެ ކުރީކޮޅު އެ ކުންފުނީގެ ހިއްސާދާރުންނާ އެކު ނުރަސްމީ ބައްދަލުވުމެއްވެސް ބާއްވައިފައިވެ އެވެ.

ގުޅުންހުރި
ސަޓާ 2025ގެ އިވެލުއޭޝަން ނޭޕާލްގައި ފަށައިފި
ކުޅުދުއްފުށީ ޕޯޓް ބޮޑުކުރުމުގެ މަޝްރޫއު އެމްޕީއެލްއާ ހަވާލުކޮށްފި
އެލައިޑް ފެސްޓް މާލެއިން ބޭރަށް، އަތޮޅު ތެރޭގައި ބޭއްވި އެންމެ ފުރަތަމަ
ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކުރުމަށް އެސްޓީއޯއިން އިންޑިއާގެ ކުންފުންޏަކާއެކު ސޮއިކޮށްފި
އެސްޓީއޯގެ ފުރަތަމަ ކުއާޓަރުގެ ފައިދާ 169 މިލިއަން ރުފިޔާގެ ފައިދާއެއް
ޓެކްސް ނުދައްކާ ކުންފުނިތަކުގެ ލިސްޓުގައި މަޝްހޫރު ލިޓަސް ގުރޫޕުގެ ދެ ކުންފުންޏެއް!