”މިހާރު“ ނޫހުގެ އެޑިޓަރު އިސްމާއިލް ނަސީރު (އިސްމަ) އަށް މޭޖާ ސްޓްރޯކެއް ޖެހިގެން ފަރުވާދޭން ފަށައިފި އެވެ.
އިސްމައަށް ސްޓްރޯކެއް ޖެހުނީ އީދު ޗުއްޓީއަށް އާއިލާއާ އެކު އުފަން ރަށް، ބ. އޭދަފުއްޓަށް ގޮސް ހުންނަވަނިކޮށް އިއްޔެ ވަގުތެއްގަ އެވެ.
އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް އިސްމާއިލް މާލެ ގެނައީ ރޭ 1:00 ހާއިރު އެއާ އެމްބިއުލާންސްގަ އެވެ.
މިހާރު ނޫހުން ބުނި ގޮތުގައި އިސްމައަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދާއިރު ހާލު ސީރިއަސް އެވެ.
އުމުރުން 47 އަހަރުގެ އިސްމަ އެންމެ ފުރަތަމަ ނޫސްވެރިކަން ފެއްޓެވީ ”އާފަތިސް“ ނޫހުންނެވެ. އެ ފަހުން ”ހަވީރު“ ނޫހުގެ މެނޭޖިން އެޑިޓަރުކަން ވެސް ކުރެއްވި އިރު، ނޫސްވެރިކަމުގައި ހިދުމަތްކުރައްވާތާ 28 އަހަރު ވެެއްޖެ އެވެ.
އިސްމައަށް ނޫސްވެރިކަމުގެ ރޮނގުން އާއްމު ހިދުމަތުގެ އިނާމާއި ”ރަން ގަލަން“ ވެސް ލިބިވަޑައިގެންފައިވެ އެވެ.




ގުޅުންހުރި
ހިޔާ ފުލެޓުގެ އަގަށް ގެނައި ބަދަލުތައް ޕޯޓަލުން ފެންނަ ގޮތް ހަދައިފި
ވީދާލީ އޮޅުވާލައިގެން ބިން ހަވާލުކުރި ލިޔުމެއް، އެއީ އާޒިމްއާ ބެހޭ ކަމެއް
އައްޑޫގައި ހިންގާ ޑްރަގް ނެޓްވޯކެއްގެ ބޮޑަކު ހައްޔަރުކޮށްފި، ފާރަލަމުންދާތާ 9 މަސް!
މަޖިލީހަށް ނަން ފޮނުވިތާ 9 ދުވަސް ތެރޭ މަހުލޫފު ޖަޕާނު ސަފީރަކަށް
ވީއައިއޭގައި ފްލައި ދުބާއީ ފްލައިޓެއްގެ ފިޔަގަނޑެއްގައި ތެޔޮ ޓޭންކަރަކުން ޖެހި އެކްސިޑެންޓެއް
ކައުންސިލަރު ނަހުލާ، އެގްރިމަންޓު ލިޔުންތަކެއް ވީދާލި މައްސަލަ ފުލުހަށް ހުށަހަޅައިފި