އެންސީގެ ރަސްމީ ޖަގަހަ ”ހައުސް އޮފް ޕީއެންސީ“ ރައީސް މުހައްމަދު މުއިއްޒު ރަސްމީކޮށް މިރޭ ހުޅުވައިދެއްވައިފި އެވެ.
”ހައުސް އޮފް ޕީއެންސީ“ ރަސްމީކޮށް ހުޅުވައިދެއްވީ އެކަމަށް ހާއްސަކޮށް އެ ތަނުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ޖަގަހަ ހަދާފައިވަނީ އާޓިފިޝަލް ބީޗު ކުރިމަތިން، ތޫމް ރެސްޓޯރެންޓާ އިންވެގެން އޮންނަ ވެޔޮވިލާގަ އެވެ. އެއީ މީގެ ކުރިން ދަ ޑިމޮކްރެޓިކްސްއާއި އެމްޑީޕީގެ މައި ހަރުގެ ވެސް ހިންގި ތަނެވެ.
އެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުންގެ އިތުރުން ސިޔާސީ އިސް ސަފުގައި ފާހަގަކޮށްލެވޭ އެހެން ލީޑަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އަދި ގިނަ އަދަދެއްގެ ޕީއެންސީގެ ސަޕޯޓަރުން ބައިވެރިވި އެވެ.

2 Comments
ގުޅުންހުރި
އަތޮޅު ކައުންސިލްތައް އުވާލާ ވާހަކައަކީ ދޮގެއް: ރައީސް
އެއާޕޯޓަގައި ގަވާއިދާ ހިލާފަށް ޑޮލަރުތަކެއް މާރުކުރަން އުޅެނިކޮށް މީހަކު ހައްޔަރުކޮށްފި
ޕާސްޕޯޓް ކާޑުގެ ހިދުމަތް މެދުކަނޑާލައިފި
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލަށް އަމަލުކުރަން ފަށައިފި
މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެންމެ ބޮޑު ފައިދާއެއް ލިބުނީ ބީއެމްއެލް
މީޑިއާ ބިލު ފާސްކުރުމުން ހާމަވަނީ ރައްޔިތުންގެ ހައްގުތަކަށް ސަރުކާރުން އިހުތިރާމް ނުކުރާކަން: