ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަކީ ރާއްޖެ ދުށް އެންމެ ކާމިޔާބު އެއް މިޑްފީލްޑަރެވެ. އޭނާއަކީ ގައުމު ފަހުރުވެރިވާ ކުޅުންތެރިއެކެވެ. އޭނާ މިއަދު ނިޔާވީ ހައްޖުގެ އަޅުކަމަށްފަހު މީގެ ތިން ދުވަސް ކުރީން ރާއްޖެ ރާއްޖެ އައި ތަނާ ގަދަ ހުމެއް ޖެހި، ހާލު ސީރިއަސް ވެގެންނެވެ.
ބަކާއަކީ ހަމައެކަނި ދަނޑުމަތީގައި ނަމޫނާ ދެއްކި ކުޅުންތެރިއެއް ނޫނެވެ. އޭނާއަކީ ދީނީ ކަންކަމަށް ވަރަށް ބޮޑު ސަމާލު ކަމެއް ދީ، ނަމާދަށް ވަރަށް ފަރުވާތެރި އަޅެކެވެ. އެގޮތުން ދީނީ އިލްމުވެރީންނާ ގާތް ގުޅުމެއްވެސް ބޭއްވި އެވެ.
ބަކާ ނިޔާވުމާއި ގުޅިގެން އޭނާއަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ލެއްވުން އެދި އެތައް ބަޔަކު ދަނީ ދުއާ ކުރަމުންނެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަލީ ޒާހިރު ސައީދު ބިން ގާސިމެވެ.
ޝައިހް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެންމެ ފަހުން ބަކާއާ ދެކެވުނު ވާހަކަތަކާއި އެންމެ ފަހުން ކުރި މެސެޖު ހިއްސާ ކުރައްވައިފަ އެވެ.
”އެންމެ ފަހުން ވާހަކަ ދައްކާ ލެވުނީ ހައްޖުގެ އަޅުކަމުގައި ހުންނަވައި ފޯނުން ގުޅުއްވާލެއްވީމަ. އެދިލެއްވީ ކިޔާލާނެ ރަނގަޅު ދުއާ ކޮޅެއް ފޮނުއްވުމަށް. 100 ދުއާ އެކުލެވޭ ދުއާ ފޮތެއް ފޮނުވާލަދިނިން،“ ޝައިހްގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
ޝައިހް އަލީ ޒާހިރުގެ ޕޯސްޓުގައިވެސް ފާހަގަކުރެއްވީ ބަކާގެ ހެޔޮ ކަމެވެ. ވިދާޅުވީ ބަކާއަކީ ދީނީ ކަންކަމަށް ފަރުވާތެރިވި ވަރަށް ގާތް އަހެއް ކަމަށެވެ. ނަމާދުތަކަށް ފަރުވާތެރިކަން ބެހެއްޓެވި މީހެއް ކަމަށެވެ.

ގުޅުންހުރި
ގާނޫނޫ އޮތް ގޮތުގެ ސަބަބުން އޭޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާބޭހެއް އެތެރެ
މި ސަރުކާރު ވައްޓާލެވޭނެ ވަރުގެ ފަނިތައް ވިހާނީ ޕީއެންއެފްގެ ހާލުން: ޔާމީން
ނާޒިމްގެ އަނބިކަނބަލުން ސީއެސްސީއަށް އައްޔަންކުރަނި
އެސްޓީއޯ އާއި މަކިޓާގެ ގުޅުމަށް 25: މަކިޓާގެ ޕްރޮޑަކްޓްތަކުން 25 ޕަސެންޓް
އެމްޑީޕީގެ މަގުސަދަކީ މުއައްސަސާތަކައް އައްޔަން ކުރަން ފޮނުވާ މީހުންގެ އަބުރު ކަތިލުން:
މަގު ހެދުމުގެ މަސައްކަތަށް ބޮޑުތަކުރުފާނުގެ މަގުގެ އެއް ބަޔާއި ފަޅުގެ ބައެއް