ވެރިކަމުގައި ހުންނެވި އިރު ބައި ލާރިއެއްގައިވެސް ޖެހިފައި ނޯންނާނެ ކަމަށް އެފަދަ މައްސަލަތައް ބަލަން އުޅެގެން އެއްވެސް ކަންބޮޑުވުމެއް ވެވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
މިދިޔަ ސަރުކާރުގެ ހިޔާނާތްތައް ތަހުގީގު ކުރައްވަން ސަރުކާރުގެ ވެރިން ގެންދަވަނީ ގޮވާލަމުންނެވެ.
އެމްޑީޕީއަށް 19 އަހަރު ފުރުމުގެ މުނާސަބަތުގައި ރާއްޖެޓީވީގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި ސޯލިހު ވަނީ “މޫނަކަށް ކަދުރާއަކަށް ބެއްލެވުމެއް ނެތި“ އެ މަނިކުފާނާއި އެ މަނިކުފާނުގެ ސަރުކާރަށް ކުރައްވާ ކޮރަޕްޝަންގެ ތުހުމަތު ބެއްލެވުމަށް ގޮވާލައްވައިފަ އެވެ.
”އަޅުގަނޑު ނޯންނާނެ ބައި ލާރީގައިވެސް، ބައި ސެންޓުގަވެސް ޖެހިފައެއް. ބައްލަވަންވީ. ބައްލަވާފަ ކަމެއް އޮވެއްޖެއްޔާ ކުރިއަށް ގެންދަވަންވީ. އަޅުގަނޑަށް ވަރަށް ޔަގީން، އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ އަދި އަޅުގަނޑު ސަރުކާރުގެވެސް އެ ތިއްބެވި ބޭފުޅުންގެ އެކަހަލަ ކަމެއް ނުފެންނާނެ. ކޮށްފައެއް ނޯންނާނެ އަޅުގަނޑުމެންނެއް. އެހެން ނޫނީ މިހެންނެއް ނޫން ތިބޭނީ އަޅުގަނޑުމެން ވެރިކަމުން ފައިބައި އިރު،“ ސޯލިހު ވިދާޅުވި އެވެ.




ގުޅުންހުރި
ގޯތި ހޯދުމަށް ސައްހަ ނޫން ލިޔުންތައް ހެދި މައްސަލައިގައި ފަޒީލްއާއެކު އިތުރު
މުޒާހަރާއާ ގުޅިގެން މައުރޫފް ހިމެނޭހެން އަށް މީހެއްގެ މައްޗަށް ދައުވާކޮށްފި
ހާމަނައީ އަވަހާރަކޮށްލުމުގެ ބަދަލުހިފުމަކީ އީރާނަށް އޮތް ވާޖިބެއް އަދި ހައްގެއް: މަސްއޫދު
ފެބުރުވަރީ މަހު ރާއްޖެއަށް 247،722 ޓޫރިސްޓުން އައި، 15 ޕަސެންޓުގެ އިތުރުވުމެއް!
ޚާމަނާއީ ހަވަހާރަވެފައިވާކަން އިރާނުން ކަށަވަރުކޮށްދީފި
ހަގުރާމައާ ގުޅިގެން އަތުވެދާނެ އިގުތިޞާދީ ލޮޅުންތަކުން އަރައިގަތުމަށް ފިޔަވަޅުތައް އަޅާނެ: ޒަމީރު