ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އިދާރާ އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މިދިޔަ އާދީއްތަ ދުވަހު ޝަމްނާޒާއި އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ނަމަވެސް އެ މައްސަލައިގެ ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަމްނާޒްއާ ގުޅޭ ގޮތުން ބަލަމުންދަނީ ސިޔާސީ ގޮތުން ރައީސް މުއިއްޒުއާ ކައިރިވުމަށް ސިހުރު ހެދި ކަމުގެ މައްސަލައެކެވެ.
މީގެ ކުރިން މާލެ ސިޓީ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޝަމްނާޒަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. ދެ ބޭފުޅުން ވަރިވީ ވަރަށް ފަހުންނެވެ. ވަރިވި އިރު، ދެ ބޭފުޅުންގެ ދަރިންވެސް އެބަ ތިއްބެވެ.




ގުޅުންހުރި
ގޯތި ހޯދުމަށް ސައްހަ ނޫން ލިޔުންތައް ހެދި މައްސަލައިގައި ފަޒީލްއާއެކު އިތުރު
މުޒާހަރާއާ ގުޅިގެން މައުރޫފް ހިމެނޭހެން އަށް މީހެއްގެ މައްޗަށް ދައުވާކޮށްފި
ހާމަނައީ އަވަހާރަކޮށްލުމުގެ ބަދަލުހިފުމަކީ އީރާނަށް އޮތް ވާޖިބެއް އަދި ހައްގެއް: މަސްއޫދު
ފެބުރުވަރީ މަހު ރާއްޖެއަށް 247،722 ޓޫރިސްޓުން އައި، 15 ޕަސެންޓުގެ އިތުރުވުމެއް!
ޚާމަނާއީ ހަވަހާރަވެފައިވާކަން އިރާނުން ކަށަވަރުކޮށްދީފި
ހަގުރާމައާ ގުޅިގެން އަތުވެދާނެ އިގުތިޞާދީ ލޮޅުންތަކުން އަރައިގަތުމަށް ފިޔަވަޅުތައް އަޅާނެ: ޒަމީރު