އެމްޑީޕީގެ ތެރޭގައި އުފެދުނު ކޯޅުންގަނޑަށްފަހު އެ ޕާޓީން ވަކި ގެންދިޔަ ބޭފުޅުން އެކުގައި މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމުން، އެއީ ތެދުފުޅެއް ކަމަށާއި އެ މިސްރާބު ހޯދޭނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށް ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
”ރާއްޖެ ޓީވީ“ އަށް މިއަދު ދެއްވި އިންޓަވިއެއްގައި ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލިގެންދިޔަ މައިގަނޑު ސަބަބަކީ އެ ޕާޓީން ބަޔަކު ވަކިވެގެން ދިޔުން ކަމަށެވެ. އެހެންކަމުން މިއީ ޖެހުނު މައްސަލަތައް އެއްފަރާތްކޮށް އެކުގައި މަސައްކަތް ފަށަންވީ ވަގުތު ކަމަށާއި ނޫނީ ރައްޔިތުންނަށް ލިބިގެންދާނީ މާބޮޑު ދެރައެއް ކަމަށެވެ.
”އަޅުގަނޑު ހިތުން މިއަދު މިއީ އެކަމާ ދޭތެރޭގައި އަލުން އެ ބޭފުޅުން ވެސް ވިސްނަވަންވީ ވަގުތު، މިއީ ހަމަ އަޅުގަނޑުމެން އެންމެންގެ ޕާޓީ، އަޅުގަނޑުމެން އެންމެން އެކީގައި އުފެއްދި ޕާޓީއެއް، އެކީގައި ވަޑައިގަންނަވަންވީ ހަމަ، އެ ޒާތީ އޭރު އެހުރި މައްސަލަތައް، އެކަން ކުރެވޭނެ އެނގޭތޯ، އަދި އަޅުގަނޑާ ދޭތެރޭގައި ހުރި މައްސަލައެއްވިޔަސް އިނގޭތޯ އެއްފަޅީގައި ބަހައްޓާފައި އަޅުގަނޑުމެން މިކުރި މަސައްކަތް އަދި ނިމުމަކަށް ނުދެޔޭ އަޅުގަނޑުމެން އެދުވަހު ފެށި އެމްޑީޕީގެ މަސައްކަތެއް،“ ސޯލިހު ވިދާޅުވި އެވެ.
ދެ ބޭފެޅުންގެ މެދުގައި ޖެހުނު މައްސަލަތައް ހައްލު ކުރަން ކޮންމެވެސް ތަނަކަށް އެއްވެ ކުރިއަށް ދެވޭނެ ގޮތެއް ދެބައި މީހުން ވެސް ހޯދަންޖެހޭ ކަމަށާއި ދެ ފަޅީގައި ވެސް ތިބީ އެކުގައި އަދިވެސް މަސައްކަތް ކުރެވޭނެ ބޭފުޅުން ކަމަށް ސޯލިހު ވިދާޅުވި އެވެ.
ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސޯލިހުގެ އެ ވާހަކަތަކަށް ތާއިދުކުރައްވާ ކަމަށެވެ.
”ވަރަށް ބޮޑު ތެދުފުޅެއް، ތިޔަ ވިދާޅުވި މިސްރާބު އަޅުގަނޑުމެން އެންމެނަށް ވެސް ހޯދޭނެކަމުގެ އުންމީދު އަޅުގަނޑު ވެސް ކުރަން،“ ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީ ތެރޭގައި ޖެހުނު މައްސަލަތައް ހައްލުނުވެ ގިނަ ދުވަސްވެފައިވަނިކޮށް ނަޝީދަށް ތާއީދުކުރައްވާ ފެކްޝަނުން ވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައި، އެމްޑީޕީގެ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރަން ފަށައިފަ އެވެ. ފަހުން ނަޝީދު ވެސް ވަނީ އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފަ އެވެ.
ރިޔާސީ އިންތިހާބުގައި މިހާރު ވެރިކަން ކުރާ ޕީޕީއެމް ޕީއެންސީއަށް ވުރެ ބޮޑަށް އެމްޑީޕީއަށް ބަހުގެ ހަމަލާތައް ދެމުންދިޔައީ ޑިމޮކްރެޓުންނެވެ. މަޖިލީހުގެ ތަޅުމުގައި ވެސް ޕީޕީއެމް ޕީއެންސީއާއި އެމްޑީޕީއާ އޮތް ވާދަވެރިކަމަށް ވުރެ ޑިމޮކްރެޓްސްގެ ވާދަވެރިކަން ފެނުނީ މާބޮޑު ކޮށެވެ.
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
72 Comments
ގުޅުންހުރި
ސިފައިންނާއި ފުލުހުންނާއެކު 300 އޮފިސަރުން މާފުށީ ޖަލަށް، 29 ފޯނާއި ބަނގުރާ
ހުނަރާއި ތަޖުރިބާ ހޯދައި ދޭން އާރުޑީސީން ހިންގާ ބިނާވެހި ޕްރޮގްރާމްގެ ދެވަނަ
ފަލަސްތީނުގެ މީހަކު ހިމެނޭ ގޮތަށް އިތުރު 11 މީހަކަށް ދިވެހި ރައްޔިތުކަން
ރައީސް މުއިއްޒަށް ސިހުރު ހެދި ކަމަށް ފުލުހުން ބުނާ ސިހުރުވެރިޔާ ދޫކޮށްލައިފި
ޖަލު އޮފިސަރަކަށް މަރުތޭލަކުން ހަމަލާ ދިނުމަށްފަހު ފިލައިގެން އުޅުނު ދެ މީހަކު
ޝަމްނާޒާ ދެކޮޅަށް ސިހުރުގެ މައްސަލަ ހުށަހެޅީ ރައީސްގެ ފަރާތްޕުޅަކުން ނޫން: ސަރުކާރު