ބޭރުގެ އެކި ފަރާތްތަކަށް ދައްކަންޖެހޭ ދަރަނީގެ އަދަދު މަތިވުމުގެ ސަބަބުން ރާއްޖެ އަށް ދީފައިވާ ރޭޓިން ”ބީ ނެގެޓިވް“ ގެ ރޭޓިންއިން ”ސީސީސީ ޕްލަސް“ އަށް ފިޗުން ދަށްކޮށްފި އެވެ.
ފިޗުން މިއަދު ނެރުނު ރާއްޖޭގެ ރޭޓިންގައި ބުނީ ބޭރު ފައިސާގެ ދަތިކަން ރާއްޖޭގައި އެބަހުރި ކަމަށާއި ދަރަނި މަތިވުމުގެ ސަބަބުން އެންމެފަހުން ދީފައިވަނީ ”ބީ ނެގެޓިވް“ އިން ރޭޓިން ”ސީސީސީ ޕްލަސް “ އަށް ދަށްކުރާ ކަމަށެވެ.
ރާއްޖޭގެ އިޝުއާ ޑެފޯލްޓް ރޭޓިން ”ސީސީސީ ޕްލަސް ”އަށް ދަށްކުރި މައިގަނޑު ސަބަބަކީ ރާއްޖޭގެ ބޭރުގެ ފައިނޭންސިންއާއި ލިކުއިޑިޓީ ހާލަތު ރަނގަޅު ނުވުމުން ކަމަށް ފިޗުން ބުންޏެވެ. އެހެންވެ،ރާއްޖޭގެ ރިޒާވް ދަށްވެ ބޭރުގެ ދަރަނި މަތިވުމަކީ ވެސް ރޭޓިން ދަށްކުރި ސަބަބެއް ކަމަށް ފިޗުން ބުންޏެވެ.
އަދި ދަރަނި ދެއްކުމުގައި ކުރިމަތިވާނެ ގޮންޖެހުންތަކުގެ ސަބަބުން 2025 އާއި 2026 ވަނަ އަހަރު ބޭރުގެ ރީފައިނޭންސިންއަށް ގޮންޖެހުންތައް ހުންނާނެ ކަމަށާއި އެކަމުގެ ސަބަބުން ރިޒާވް ދަށްވާނެ ކަމަށް ފިޗުން ބުންޏވެ.
ރާއްޖޭގެ ރިޒާވްގައި މީގެ އަހަރެއްހާ ދުވަސްކުރިން 748 މިލިއަން ޑޮލަރުގައި ހުރިއިރު މިދިޔަ މެއި މަހުގެ ނިޔަލަށް ވަނީ 492 މިލިއަން ޑޮލަރަށް ރިޒާވް ދަށްވެފައިވާ ކަމަށް ފިޗުން ބުންޏެވެ. އެހާބޮޑަށް ރިޒާވް ދަށްވީ އިންޑާއިން ހެދި ކަރަންސީ ސްވޮޕްގެ ސަބަބުން ކަމަށް ފިޗުން ބުންޏެވެ.

ގުޅުންހުރި
މިދިޔަ މަހުގެ ބިލު ބޮޑުކަމަށް ފެންނަނީ އޭޕްރީލް މަހު ޑިސްކައުންޓު ދީފައިވާތީ:
ދާ ޖަހައިގެން މަސް ހިފަން ފޭބި މީހާ މަރުވެފައި އޮތްވާ ފެނިއްޖެ
ދާ ޖަހައިގެން މަސް ހިފަން ފޭބި މީހަކު ގެއްލިގެން ހޯދަނީ
ބިދޭސީއެއްގެ ބުރައްކައްޓަށް ވަޅި ޖެހި 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި
ބޮޑެތި ސްކޭމް ނެޓްވޯކުތަކެއް ދިވެހި ފުލުހުންގެ އެހީ އާއެކު ފަޅާއަރުވާލައިފި
ވެހިކަލްތަކުން ވައްކަމުން ކުރަމުން ދިޔަ މީހަކު ހައްޔަރުކޮށްފި