ސްޓެލްކޯ މުވައްޒަފުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.
ސްޓެލްކޯއިން މިއަދު ބުނީ އެއީ ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.
އެ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މޯލްޑިވިއަން ބްލަޑް ސަރވިސަސްއާ ގުޅިގެން ކަމަށާއި ސްޓެލްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ލޭ ހަދިޔާ ކޮށްފައި ކަމަށް ސްޓެލްކޯއިން ބުންޏެވެ. އެގޮތުން 100 އަށް ވުރެ މުވައްޒަފުން ލޭ ހަދިޔާ ކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ އެފަދަ ދާއިރާތަކުން މުޖުތަމައަށް ހިދުމަތްކުރުމުގައި އެ ކުންފުނީގެ އިސްނެގުމަކީ ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ.މުޖުތަމައުގެ ލާބައާއި މަންފާއަށް ކުރާ އެފަދަ ކަންކަމުގައި މުވައްޒަފުންގެ ފަރާތުން އަބަދު ވެސް އެއްބާރުލުމެއް ލިބޭތީ އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ،
ސްޓެލްކޯއިން ބުނީ ކޮންމެ އަހަރަކު ވެސް ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައިފައިވާ ކަމަށެވެ.

ގުޅުންހުރި
ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، އުތީމަށް
ރޭލެއްގެ ފާހާނާ ޑަސްބިން ތެރެއިން މަރާލާފައި އޮތް ކުޑަކުއްޖަކު ފެނިއްޖެ
ޒަކާތު ހައުސްގެ ފުރަތަމަ އަހަރު ތާރީހީ ގިނަ ކާމިޔާބީތަކެއް ހާސިލުވެއްޖެ: ޝަހީމް
ގައުމީ ދުވަހުގެ ޝަރަފްވެރި ހިނގާލުން މާދަމާ ހަވީރު
ކަނޑައެޅި ވަގުތުގެ ކުރިން ކަރަންޓުގެ ހިދުމަތް އާންމުހާލަތަކަށް، ފަހުމީގެ ޝުކުރު މުވައްޒަފުންނަށް
ކާޑެއްދޫ އެއާޕޯޓު އަނބުރާ ހޯދަން ސަރުކާރުން ދެ ގޮތެއް ހުށަހަޅައިފި: ވިލާއަށް