ހައްޖު ރޯގާ ބާރަށް ފެތުރެމުންދާތީ، ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ ހޮސްޕިޓަލަށް ނުދިއުމަށް އައިޖީއެމްއެޗުން އިލްތިމާސްކޮށްފި އެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ އެ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ހައްޖު ކްލިނިކަށް ދާ މީހުންގެ ތެރެއިން ރޯގާގެ އަލާމާތްތައް ހުންނަ މީހުން އިތުރުވެފައިވާ ކަމަށެވެ. އެހެންވެ ބަލި މީހުންނާއި މުވައްޒަފުންނާއި މުޖުތަމައުގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅަން ނިންމައިފައިވާ ކަމަށް ބުންޏެވެ.
އަޅަން ނިންމައިފައިވާ ފިޔަވަޅުތައް:
– ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުން
– ހޮސްޕިޓަލަށް ޒިޔާރަތްކުރާއިރު މާސްކު އެޅުން
– ހާއްސަކޮށް ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ އެކަމަށް ސަމާލުވެގެން މާސްކު އަޅައިގެން އުޅުން
– ހޮސްޕިޓަލުގައި އެއްވެ އުޅުމުން ދުރުހެލިވުން
ކޮންމެ އަހަރަކު ވެސް ހައްޖުގެ އަޅުކަމުގެ ތެރޭގައި ގިނަ އަދަދެއްގެ ހައްޖާޖީންނަށް ހުމާއި ރޯގާގެ ވައްތަރުތައްޖެހެ އެވެ. އެހެންވެ ކޮންމެ އަހަރަކުވެސް އައިޖީއެމްއެޗުގައި ހައްޖާޖީނަށް ހާއްސަ ކޮށްގެން ކްލިނިކެއް ހުޅުވަ އެވެ.
ރާއްޖެ އިން މިފަހުން ވަނީ ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ، އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނިފައިވަނީވެސް ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އައި ދިވެއްސެއްގެ ފަރާތުންނެވެ.




ގުޅުންހުރި
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ
އިންކަމް ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި
އަގު ވެއްޓޭ ކަމަށްބުނެ ވިޒިޓް މޯލްޑިވްސް އެމްބެސެޑަރުކަމުން ”ޓޫއޮފްއަސް“ ސަސްޕެންޑުކޮށްފި
މިހާތަނަށް 35،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުން ސުޖާތާ އިސްތިއުފާ ދެއްވައިފި
ރައީސްގެ މޭޔަރާއި ކައުންސިލް ހޮވީމައި މެނިފެސްޓޯގައިވާ ހުރިހާ ކަމެއް ޝައްކެއް ނެތި