މާދަމާ އިން ފެށިގެން، ސަރުކާރު މަސް ކުންފުނި މިފްކޯ އިން މަސް ގަންނަ އަގު ކުޑަކޮށް، ބައިނަލްއަގްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށް ބެލުމަށް ފަހު މަސް ގަންނަން ނިންމައިފި އެވެ.
މިފްކޯ އިން މިއަދު ބުނީ ކުރިއަށް އޮތް ތަނުގައި ކިލޯއެއް 16 ރުފިޔާއަށް ވުރެ ބޮޑުކޮށް ނުގަންނާނެ ކަމަށެވެ.
އަދި މަސްވެރިން އަތުން ގަންނަ މަހަށް ގަވާއިދުން އަގު ދެވޭނެ ގޮތަށް މިފްކޯގެ ސިޔާސަތު ބަދަލުކުރަނީ މިހާތަނަށް ނުދެވި ހުރި ފައިސާ ދައްކައި ހަލާސްކޮށްފައި ކަމަށާއި މާދަމާގެ ކުރިން އެ ހުރިހާ ފައިސާއެއް މަސްވެރިންނަށް ދޭނެ ކަމަށް ބުންޏެވެ.
”1 ޖުލައި އިން ފެށިގެން މިފްކޯ އިން މަސްވެރިން އަތުން މަސް ގަންނަމުން ދާނީ ބައިނަލްއަގުވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓް ކުރުމަށް ހިނގާނެ ހަރަދުތަކަށް ބަލައި ކޮންމެ ހަފުތާއަކު ކަނޑައަޅައި އަގެއްގައި. މި އަގު ކޮންމެ ހަފުތާއަކު އާންމުކޮށް މިފްކޯ އިން އިއުލާން ކުރަމުންގެންދާނެ،“ މިފްކޯ އިން ބުންޏެވެ.
މިފްކޯ އިން ބުނީ މިހާރު މަސްވެރިންގެ އަތުން މަސް ގަންނަ އަގަށް އިތުރަށް މަސް ގަތުމަކީ އެ ކުންފުންޏަށް މާލީ ގޮތުން އުފުލެވޭނެ ބުރައެއް ނޫން ކަމަށެވެ.
”ތެލާއި އައިސްއަށް ދީފައިވާ ކުރެޑިޓު ހިމެނޭހެން 831 މިލިއަން ރުފިޔާ މި އަހަރު ވަނީ މަސްދޯނި ފަހަރަށް ދޫކުރެވިފައި. މިހާރު މަސް ގަންނަމުންދާ ގޮތަށް މާކެޓު އަގަށް ރިއާޔަތް ނުކޮށް މަސްވެރިންގެ އަތުން މަސް ގަނެ ޕްރޮސެސްކޮށް އެކްސްޕޯޓް ކުރަމުން ދިއުމަކީ މާލީ ގޮތުން ދެމެހެއްޓެނިވި ކަމެއް ނޫން,“ މިފްކޯ އިން ބުންޏެވެ.
މިފްކޯއަށް ސަރުކާރުން ދޭ އެތައް ސަތޭކަ މިލިއަން ރުފިޔާގެ ސަބްސިޑީ ކަނޑާލަންޖެހޭ ވަރަށް ދައުލަތުގެ މާލީ ހާލަތު ދަށް ކަމަށް، ސަރުކާރުގެ ވެރިން ވަނީ މީގެ ކުރިން އެއްބަސްވެފަ އެވެ. އެހެންކަމުން މިފްކޯގެ އެ ނިންމުން މި އައީ ސަރުކާރުގެ ހަރަދު ކުޑަކުރަން މިހާރު އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ކަމަށް ބެލެވެ އެވެ.




ގުޅުންހުރި
ގޯތި ހޯދުމަށް ސައްހަ ނޫން ލިޔުންތައް ހެދި މައްސަލައިގައި ފަޒީލްއާއެކު އިތުރު
މުޒާހަރާއާ ގުޅިގެން މައުރޫފް ހިމެނޭހެން އަށް މީހެއްގެ މައްޗަށް ދައުވާކޮށްފި
ހާމަނައީ އަވަހާރަކޮށްލުމުގެ ބަދަލުހިފުމަކީ އީރާނަށް އޮތް ވާޖިބެއް އަދި ހައްގެއް: މަސްއޫދު
ފެބުރުވަރީ މަހު ރާއްޖެއަށް 247،722 ޓޫރިސްޓުން އައި، 15 ޕަސެންޓުގެ އިތުރުވުމެއް!
ޚާމަނާއީ ހަވަހާރަވެފައިވާކަން އިރާނުން ކަށަވަރުކޮށްދީފި
ހަގުރާމައާ ގުޅިގެން އަތުވެދާނެ އިގުތިޞާދީ ލޮޅުންތަކުން އަރައިގަތުމަށް ފިޔަވަޅުތައް އަޅާނެ: ޒަމީރު