މި ފެށުނު ހަފުތާގައި މަސް ގަތުމަށް ސަރުކާރުގެ މަސް ކުންފުނި, މިފްކޯއިން ކަނޑައަޅާފައިވާ އަގުތައް އިއުލާންކޮށްފި އެވެ.
މިފްކޯ އިން ވަނީ، މާދަމާ އިން ފެށިގެން މަސް ގަންނަ އަގު ކުޑަކޮށް، ބައިނަލްއަގްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ، އެކްސްޕޯޓް ކުރުމަށް ހިނގާނެ ހަރަދުތަކަށް ބަލައި ކޮންމެ ހަފުތާއަކު މަސް ގަންނާނެ އަގު އިއުލާން ކުރަން ނިންމައިފަ އެވެ.
އެގޮތުން ކުރިއަށް އޮތް ތަނުގައި ކިލޯއެއް 16 ރުފިޔާއަށް ވުރެ ބޮޑުކޮށް މިފްކޯއަކަށް ނުގަންނާނެ އެވެ.
ކުރިއަށް އޮތް ހަފުތާގައި މަސް ގަންނަން ނިންމާފައިވާ އަގުތައް:
ގަނޑުކުރި މަސް ގަންނަ އަގު:
- 1.5 ކިލޯއަށް ވުރެ ބަރު މަސް: ކިލޯއަކަށް 16ރ.
- 1.5 ކިލޯ ހަމަނުވާ މަސް: ކިލޯއަކަށް 7ރ.
ގަނޑު ނުކުރާ މަސް ގަންނަ އަގު:
- 1.5 ކިލޯއަށް ވުރެ ބަރު މަސް: ކިލޯއަކަށް 14ރ.
- 1.5 ކިލޯ ހަމަނުވާ މަސް: ކިލޯއަކަށް 5ރ.
މިފްކޯ އިން ބުނީ މިހާރު މަސްވެރިންގެ އަތުން މަސް ގަންނަ އަގަށް އިތުރަށް މަސް ގަތުމަކީ އެ ކުންފުންޏަށް މާލީ ގޮތުން އުފުލެވޭނެ ބުރައެއް ނޫން ކަމަށެވެ.
”ތެލާއި އައިސްއަށް ދީފައިވާ ކުރެޑިޓު ހިމެނޭހެން 831 މިލިއަން ރުފިޔާ މި އަހަރު ވަނީ މަސްދޯނި ފަހަރަށް ދޫކުރެވިފައި. މިހާރު މަސް ގަންނަމުންދާ ގޮތަށް މާކެޓު އަގަށް ރިއާޔަތް ނުކޮށް މަސްވެރިންގެ އަތުން މަސް ގަނެ ޕްރޮސެސްކޮށް އެކްސްޕޯޓް ކުރަމުން ދިއުމަކީ މާލީ ގޮތުން ދެމެހެއްޓެނިވި ކަމެއް ނޫން,“ މިފްކޯ އިން ބުންޏެވެ.
މިފްކޯއަށް ސަރުކާރުން ދޭ އެތައް ސަތޭކަ މިލިއަން ރުފިޔާގެ ސަބްސިޑީ ކަނޑާލަންޖެހޭ ވަރަށް ދައުލަތުގެ މާލީ ހާލަތު ދަށް ކަމަށް، ސަރުކާރުގެ ވެރިން ވަނީ މީގެ ކުރިން އެއްބަސްވެފަ އެވެ. އެހެންކަމުން މިފްކޯގެ އެ ނިންމުން މި އައީ ސަރުކާރުގެ ހަރަދު ކުޑަކުރަން މިހާރު އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ކަމަށް ބެލެވެ އެވެ.

ގުޅުންހުރި
ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: މިފްކޯ އިން މުއާޒު ސަސްޕެންޑްކޮށްފި
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތް އެސްޓީއޯ އިން ބާޒާރަށް
ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: އާއްޓޭގެ ބަންދަށް 15، ދިގަލީގެ ބަންދަށް
އެމްއޭސީއެލް އިންވެސް ރަސްމާލެ ހިއްކަން ފަށަނީ, މިއީ އެތަން ހިއްކަން ހަވާލުވާ
ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 5 މީހަކާއި ބިދޭސީން ރެކްރޫޓްކުރާ
މައުންޓް ލެވޮޓޮބީ ލަކި-ލަކި އަނެއްކާވެސް ގޮވައިފި, އަޅިތައް 10 ކިލޯމީޓަރު އުހަށް