މެނިންގޯކޮކަލް ކޭސްއާ ގުޅިގެން ކުރަމުން އައި ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް ނިންމާލައިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެޗްޕީއޭ އިން ބުނީ އެ މަސައްކަތް ނިންމާލީ މެނިންގޯކޮކަލް އާގުޅޭ ކްލޯސް ކޮންޓެކްޓުންނަށް ބޭސް ދިނުމަށްފަހުގައި ކަމަށެވެ. އަދި އޭގެ އިތުރު ކޭސް އެއް ރިޕޯޓު ކޮށްފައިނުވާ ކަމަށްވެސް ބުންޏެވެ.
ނުރައްކާތެރި ބައްޔެއް ކަމަށްވާ، މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ރާއްޖެ އިން ފެނުނީ ހުސްވި ޖޫން މަހުގެ 25 ގަ އެވެ. އެއީ މި ފަހަރުގެ ހައްޖަށް ދިއުމަށްފަހު އެނބުރި އައި މީހެއްގެ ފަރާތުންނެވެ. އެ ބަލީގައި އޭނާ ވަނީ މަރުވެފަ އެވެ.
ހެލްތް މިނިސްޓްރީން އޭރުވެސް ވަނީ ބަލި ފެތުރެމުން ނުދާ ކަމަށް ބުނެފަ އެވެ. ނަމަވެސް ބަލީގެ ކޭސްއެއް ފެނުމާ އެކު ކަމާބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިން ހަދައި، ކޮންޓްކެޓްވީ ފަރާތްތަކަށް މައުލޫމާތުދީ، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ވަނީ ދީފަ އެވެ.
ގުޅުންހުރި
ރަށެއްގެ ބަނދަރަށް ވަންނަން ވާދަޖެހި ކަމަށް ބުނާ ލޯންޗުތަކުގެ މައްސަލަ ބަލަނީ
ޖެންޒީންނަށް ވިސްނޭނެ ގޮތަކަށް އިސްލާމް ދީނުގެ ކަންކަން ކިޔައިދޭންޖެހޭ: ރައީސް
ފިހާރައެއްގެ ތެރޭގައި ހުރި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފި
ދޮގާއި ދޮގު ހަބަރު ފެތުރުމަކީ ދިވެހި މުޖުތަމައުގައި މޫލާފައި އޮތް ބޮޑު
ގުރުއާން ހިތުދަސް ކުރި 28 ހާފިޒަކަށް ރައީސްގެ ހާއްސަ މެޑަލް ދީފި
މަރާމާތަށްފަހު އާސަހަރާ މިސްކިތާއި ހިނަވާގެ ހުޅުވައިފި