މި އަހަރުގެ ޓީ20 ކްރިކެޓް ވޯލްޑް ކަޕުގެ ކާމިޔާބީ ފާހަގަކުރަން ރާއްޖެ އައުމަށް އިންޑިއާގެ ގައުމީ ކްރިކެޓް ޓީމަށް ރާއްޖެ އިން ދައުވަތު ދީފި އެވެ.
އެމެރިކާގައި މިދިޔަ މަހު ބޭއްވި ކްރިކެޓް ވޯލްޑް ކަޕްގެ ތަށި އިންޑިއާ އިން އުފުލާލީ ފައިނަލުގައި ދެކުނު އެފްރިކާ ބަލިކޮށްފަ އެވެ. މިއީ 2011 ވަނަ އަހަރަށްފަހު އިންޑިއާއިން އައިސީސީ ވޯލްޑް ކަޕެއްގެ ތަށި ހޯދި ފުރަތަމަ ފަހަރެވެ.
އެ މުބާރާތުގެ ކާމިޔާބީ ފާހަގަކުރަން ރާއްޖެ އައުމަށް އިންޑިއާގެ ކްރިކެޓް ޓީމަށް ދައުވަތު ދިނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ފޮނުއްވި ސިޓީއެއްގަ އެވެ.
އެ ސިޓީގައި އިންޑިއާގެ ކްރިކެޓް ޓީމު ރާއްޖޭގައި ހޯސްޓް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް، ހަނދާނުން ފުހެލަން ދަތި މަލަމަތިތަކާއި ރިލެކްޝޭޝަންއާއި ޕާސަނަލައިޒްޑް މެހެމާންދާރީ އަދި ތަފާތު އެކި ތަޖުރިބާތައް ރާއްޖެ އިން ލިބެން ހުރިކަން ފާހަގަކޮށްފައިވެ އެވެ.
”އިންޑިއާގެ ކްރިކެޓް ޓީމަށް މަރުހަބާ ކިޔައި، އެ ޓީމަށް ލިބުނު ކާމިޔާބީގެ އުފަލުގައި ބައިވެރިވުމަކީ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ޝަރަފެއް،“ ޝިއުރީ ވިދާޅުވި އެވެ.
ޝިއުރީ ވަނީ، ކާމިޔާބީ ފާހަގަކުރުމުގެ ހަނދާންތައް އާކުރުމަށް އެންމެ ފުރިހަމަ މަންޒިލެއް ފޯރުކޮށްދީ، އިންޑިއާގެ ކްރިކެޓް ޓީމު ހޯސްޓް ކުރުމުގެ ފުރުސަތަށް އިންތިޒާރު ކުރާ ކަމަށްވެސް ވިދާޅުވެފަ އެވެ.




ގުޅުންހުރި
ސަރުކާރު ޖަވާބުދާރީކުރުވުމުގައި ހައްގުތަކަށް ބަލައެއް ނުލާ: ނައިބު ރައީސް
ދެ އިންތިހާބު އެއްކޮށްލުމަށް ހިޔާލު ހޯދުމުގެ ވޯޓު، ކައުންސިލު އިންތިހާބާއެކު ބާއްވަން
ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އަންހެނަކު ހައްޔަރުކޮށްފި
ފެނަކަ ސައީދު ގޭބަންދަށް ބަދަލުކޮށްފި
އެންމެ މޮޅު އެތުލީޓުންނަށް ދީމާ، މުންސިފް، އަޒްނީން އަދި އީމާ ހޮވިއްޖެ
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި