ރާއްޖެއާއި އެމެރިކާއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ކުރިއަރުވައި ފުޅާކުރުމަށް އެ ގައުމުގެ ވިޔަފާރިންނާއެކު ދިވެހި ސަރުކާރުން މަޝްވަރާކޮށްފި އެވެ
އެ މަޝްވަރާތައް ކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އެމެރިކާގެ ޗެމްބާ އޮފް ކޮމާސް އިން އިންތިޒާމު ކޮށްގެން ކޯޕަރޭޓް ދާއިރާގެ މަންދޫބުންނާއެކު ބޭއްވި އިންވެސްޓްމަންޓް ރައުންޑް ޓޭބަލްގަ އެވެ.
ނަމަވެސް އެ ބައްދަލުވުމުގައި ބައިވެރިވީ ކިތައް ފަރާތްތަކުން ކަމެއް އަދި ބައްދަލުވުމެއް މާބޮޑު ތަފުސީލެއް އިކޮނޮމިކް މިނިސްޓްރީއަކުން ހިއްސާކޮށްފައެއް ނުވެ އެވެ.
މިނިސްޓަރު ސައީދުގެ އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރަކީ ރާއްޖެއާއި އެމެރިކާއާ ދެމެދު އޮންނަ ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ގުޅުން ފުޅާކުރުމަށް ކުރައްވާ ދަތުރެކެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް