ފާނަބަސަނދާއި ހޭންޑް ފުޓް އެންޑް މައުތު ބަލި ޖެހިގެން ރިޕޯޓް ކުރި އަދަދު އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެޗްޕީއޭ އިން މިއަދު މީޑިއާތަކަށް ފޮނުވި މައުލޫމާތުން އެނގޭ ގޮތުގައި ފާނަބަސަނދާއި ހޭންޑް ފުޓް އެންޑް މައުތު ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ވަނީ ކުރީ ހަފުތާއަށްވުރެ ވޭތުވެދިޔަ ހަފުތާގައި އިތުރުވެފަ އެވެ.
އެގޮތުން ޖޫން 23 އިން 26 އަށް ފާނަބަސަނދު ޖެހިގެން 94 މީހަކު ރިޕޯޓް ކުރި އިރު، މިދިޔަ ހަފުތާގައި އެ އަދަދު ވަނީ 107 އަށް އަރައިފަ އެވެ. އެއީ 13 މީހުންގެ އިތުރުވުމެކެވެ.
އެޗްޕީއޭ އިން ބުނެފައިވާ ގޮތުން ފާނަބަސަނދު އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ޅ. އަދި ސ. އަތޮޅުންނެވެ.
އެ އެޖެންސީން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު ޖޫން26 އިން29 އަށް ހޭންޑް ފުޓް އެންޑް މައުތު ޖެހިގެން ރިޕޯޓް ކުރީ 11 މީހެކެވެ. ނަމަވެސް މިދިޔަ ހަފުތަގައި އެ ބަލި ޖެހިގެން 35 މީހަކު ރިޕޯޓް ކޮށްފައިވެ އެވެ. އެއީ ތިން ގުނަ ނުވަތަ 218 ޕަސެންޓުގެ އިތުރުވުމެކެވެ.
އެ ބަލި ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން އދ. އަތޮޅުގަ އެވެ.
އެޗްޕީއޭ އިން ފާހަގަކުރި ގޮތުގައި ލޮލު ރޯގާ ޖެހިގެން ރިޕޯޓުކުރި މިންވަރު ފާއިތުވި ހަފުތާގައި އޭގެ ކުރީ ހަފުތާއަށްވުރެ ވަނީ ދަށްވެފަ އެވެ. އެގޮތުން ފާއިތުވި ހަފުތާގައި ލޮލު ރޯގާ ޖެހިގެން 337 ކޭސް ރިޕޯޓުކޮށްފައިވާއިރު އޭގެ ކުރީ ހަފުތާގައި 407 ކޭސް ރިޕޯޓް ކޮށްފައިވެ އެވެ.
ލޮލު ރޯގާ ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަަހައްދުގެ އިތުރަށް ލ އަތޮޅާއި ފުވައްމުލަކު ސިޓީން ކަމަށްވެސް އެޗްޕީއޭ އިން ބުނެފައިވެ އެވެ.

ގުޅުންހުރި
މަޑިވަރު ފިނޮޅު ހިމާޔަތްކޮށް، ރަސްދޫ ރައްޔިތުންނަށް ފައިދާވާ ގޮތަށް ތަރައްގީކޮށްދޭނަން: ރައީސް
ފެބްރުއަރީ މަހު ތޮއްޑޫގައި ސީޕްލޭންގެ ހިދުމަތް ފަށަނީ
ތިން އަހަރުން ސިފައިންނާއި ފުލުހުންގެ ބޭސްފަރުވާއަށް 727 މިލިއަން ރުފިޔާ ހޭދަކޮށްފި
އަގުބޮޑު އިނާމް ތަކާއި އެކު އެސްޓީއޯ ”މެގަ ސޭލް ޕްރޮމޯޝަން“ ފަށައިފި
މެލޭޝިއާގައި ހުކުރު އަޅާ މީހުން 2 އަހަރަށް ޖަލަށް ލަނީ
ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރަކަށް ވަން ޕީސްގައި ސަންޖީގެ ރޯލް ކުޅޭ ސްކައިލާ