މިދިޔަ އަށް މަސް ތެރޭގައި 2،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްލާފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެ އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައްމާން ވިދާޅުވީ، 17 ނޮވެމްބަރު 2023 އިން ފެށިގެން މި ހިނގާ ޖުލައި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ޖުމުލަ 2013 ބިދޭސީއަކު ރާއްޖެ އިން ޑީޕޯޓް ކޮށްލާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ސީރިއަސް ކުށްތަކަށް އަރައިގަންނަ މީހުންވެސް ހިމެނޭ ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގަމުން އަންނައިރު، މިދިޔަ ހަފުތާ އިން ފެށިގެން އެ އޮޕަރޭޝަން އަމާޒުކޮށްފައިވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން އަމިއްލައަށް ވިޔަފާރިކުރާ ފަރާތްތަކަށެވެ.
ޝައްމާން ވިދާޅުވީ، ބިދޭސީން ހިންގާ މާރުކޭޓް ގޮޅިތަކާއި ރެއިޑް އޮޕަރޭޝަންތަކުގައި މިހާރުވެސް 120 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި އެބަ ތިބި ކަމަށެވެ. އެ މީހުންވެސް ރާއްޖެ އިން ފުރުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި