މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގި ލާއިންސާނީ އަމަލުތަކަށް އިންސާފު ހޯދައިދޭން ދަ ގެމްބިއާ އިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅާފައިވާ މައްސަލައަށް ރާއްޖެއިން ތަދައްހުލްވާން ހުށަހެޅި ހުށަހެޅުން އެ ކޯޓުން ބަލައިގެންފި އެވެ.
އެ މައްސަލައަކީ ދަ ގެމްބިއާ އިން މިޔަންމާއާ ދެކޮޅަށް 11 ނޮވެމްބަރު 2019 ގައި ހުށަހެޅި މައްސަލައެކެވެ.
އެ މައްސަލައިގައި މިޔަންމާގެ ރާކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް 2016 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ ސިފައިންނާއި އެހެން ފަރާތްތަކުން ހިންގަމުން އަންނަ އަމަލުތަކަކީ 1948 ވަނަ އަހަރުގެ ކޮންވެންޝަން އޮން ދަ ޕްރޮވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑްއާއި ހިލާފު އަމަލުތަކެއް ކަމަށް ހުށައަޅާފައިވެ އެވެ.
އެ މައްސަލައަށް ރާއްޖެއިން ތަދައްޚުލުވުމަށް ރާއްޖޭން ނިންމީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، 18 ފެބްރުއަރީ 2020 ގައެވެ. އަދި ”ޑެކްރަލޭޝަން އޮފް އިންޓަވެންޝަން“ ރާއްޖޭގެ ފަރާތުން އައިސީޖޭ އަށް ހުށަހެޅުއްވީ ނޮވެމްބަރު 2023ގަ އެވެ. ރާއްޖޭގެ ފަރާތުން އެކަން ހުށަހެޅުއްވީ އޭރުގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އައިސީޖޭ އިން ރާއްޖޭގެ ހުށަހެޅުން ބަލައިގެންފައިވަނީ އެ ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން މި މަހުގެ ތިންވަނަ ދުވަހު އެވެ. އަދި ރާއްޖެ އިން ހުށަހެޅި ހުށަހެޅުން ބަލައިގަތުމަށް އެ ކޯޓުން ނިންމާފައިވަނީ އެކަމަށް މިޔަންމާ އިން އިއުތިރާޒު ކޮށްފައިވަނިކޮށް ކަމަށްވެސް ބުންޏެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ، އައިސީޖޭން ނިންމައިފައިވަނީ ގަތުލު އާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުއާހަދާގެ މާއްދާތައް މަނާކުރުމާ ގުޅޭ ގޮތުން ރާއްޖޭގެ ޑެކްލެރޭޝަން އޮފް އިންޓަވެންޝަންގައި ހުރި ކަންކަމަކީ އެ ކޯޓަށް ބެލޭނެ ކަންކަން ކަމަށެވެ.
ގުޅުންހުރި
ބަޖެޓުން ހަރަދުކުރި ދެ ބިލިއަން ރުފިޔާގެ ރިކޯޑެއް ނެތް، އިހުމާލުވި މީހުންނަށް
ވޭޕް މަނާކުރުމާ ގުޅޭ އިސްލާހުތައް މިހަފުތާގައި މަޖިލީހަށް ހުށަހަޅާނަން: އުޝާމް
ކުރީ ސަރުކާރުން ބަދަލު ދީފައި ހުރީ ގާނޫނާ ހިލާފަށް، އެ ނިންމުންތައް
ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ޓެކްސްއާއި ޕެންޝަން ޑޮލަރުން ދޭން ޖެހޭ
ގޭންގުތަކަށް އެހީވުން ކުށަކަށް ހަދައި، ގޭންގު ކުށްތަކުން ހޯދާ މުދަލާއި ފައިސާ
އައިޖީއެމްއެޗްގެ އިހުމާލުން ދަރިފުޅު މަރުވުމުން މަންމަ ބޭނުންވީ މާލީ ބަދަލު، ދައުލަތުން