ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
އެ މަޝްވަރާތައް ކުރެއްވީ އިންޑިއާ ސަފީރު، ރައީސް މުއިއްޒުގެ އަރިހަށް މިއަދުގެ ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގަ އެވެ.
ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުންނާއި އިންޑިއާ އިން ރާއްޖޭގައި ހިންގަމުން އަންނަ މަޝްރޫއުތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.
ރައީސް އޮފީހުން ބުނީ، އެ ބައްދަލުވުމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޮޑުވަޒީރުކަމުގެ އާ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ގަބޫލުފުޅުކުރައްވައި ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގެންނެވީތީ އެކަމަށް ސަފީރު ޝުކުރު އަދާކުރެއްވި ކަމަށެވެ.
އަދި ދެ ގައުމުން އެއްބާރުލައިގެން ފައިދާހުރި އަދި ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވައި ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެހީތެރިވުމުގައި އިންޑިއާ ދެމި އޮންނާނެކަމުގައިވެސް ސަފީރު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ، އެ ބައްދަލުވުމުގައި ރައީސްގެ ވާހަކަފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ލިބިވަޑައިގަތް ދައުވަތަށް އެ ގައުމަށް ކުރެއްވި ޒިޔާރަތުގައި އިންޑިއާ އިން އަދާކުރެއްވި މެހެމާންދާރީއާ ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދާކުރެއްވި ކަމަށެވެ.
އަދި ރާއްޖޭގެ ތަރައްގީއާ ކުރިއެރުމުގައި އަދި ދިވެހި ރައްޔިތުން އެހީތެރިކަމަށް ބޭނުންވާ ކޮންމެ ވަގުތެއްގައި އިންޑިއާ އިން ދޭ ސަމާލުކަމާއި އަހައްމިއްޔަތު ރައީސް ފާހަގަކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމުގެ އުންމީދީ ވާހަކަފުޅުތަކާއެކުއެވެ. އަދި އިންޑިއާ ކަނޑުގެ ސުލްހައާއި ހަމަޖެހުން ދެމެހެއްޓުމުގައި، މިހާރެކޭވެސް އެއްގޮތަށް، އެއް ވިސްނުމެއްގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުންނެވެ.،“ ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، މި ސަރުކާރުން ގެންގުޅެނީ ގައުމުތަކާ ގުޅިގެން، ހަލުވި ބާރުމިނުގައި ރާއްޖެ ތަރައްގީކުރުމަށް، ބައިނަލްއަގްވާމީ މުޖްތަމައުގެ އެއްބާރުލުމާ އެކު މަސައްކަތް ކުރުމަށް އިސްކަންދިނުމުގެ ހާރިޖީ ސިޔާސަތެކެވެ.
މި ސަރުކާރު އައި ފަހުން އިންޑިއާއާ ދެމެދު އޮތް ގުޅުން އޮތީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެހެން އޮއްވައި ރާއްޖޭގެ ކޮންމެ ރައީސަކު ވެރިކަމަށް ވަޑައިގެން ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާއަށް ވަޑައިގެން ނަމަވެސް ރައީސް މުއިއްޒުގެ ފުރަތަމަ ދަތުރުފުޅު ކުރެއްވީ ޗައިނާ އަށެވެ.
އެ ގުޅުން އިތުރަށް ގޯސްވީ، ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާއާއި ބޮޑުވަޒީރު މޯދީއަށް ނިސްބަތްކޮށް ބަދުބަސް ރައްދު ކުރެއްވި މައްސަލައިގައި އެ ގުޅުން އިތުރަށް ގޯސްވި އެވެ.
ގުޅުންހުރި
ކުޑަކުއްޖަކާ ބެހިގެން ޖަލަށްލި މީހަކު މިނިވަން ކުރި ވާހަކައަކީ ދޮގެއް، އޭނާ
މާރާމާރީއެއް ހުއްޓުވަން އުޅުނު ފުލުހަކަށް ތޫނު އެއްްޗަކުން ހަމަލާ ދޭން އުޅެފި
ގުޅީގައި ފާނަބަސަންދު ފެތުރެނީ، މި މަހު 11 މީހަކަށް ބަލި ޖެހިއްޖެ،
އައިކޮމްގެ އަޑުއެހުމަށް ހާޒިރުނުވެނުނީ މުވައްޒަފެއްގެ އިހުމާލުން: ހައުސިން މިނިސްޓްރީ
ނަތަންޔާހޫ ހައްޔަރުކުރަން އައިސީސީން ކުރި އަމުރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
ރާއްޖެ އާއި އިންޑިއާގެ ދެމެދު ރުޕީސް އާއި ރުފިޔާ އިން މުއާމަލާތް