ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ތުހުމަތު ކުރެވޭ ބޮޑު ހަ މައްސަލައެއް ބަލަމުންގެންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އޭސީސީގެ ރައީސް އާދަމް ޝާމިލް އެކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގެ މިއަދުގެ ބައްދަލުވުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ނަމަވެސް އެ މައްސަލަތަކުގެ ތަފުސީލެއް ނުދެއްވަ އެވެ.
ޝާމިލް ވިދާޅުވީ، މިހާރު އޮތް ފެނަކަ ކޯޕަރޭޝަންގެ މެނޭޖުމަންޓުގެ ފަރާތުން އެ ކުންފުނީގެ ކުރީގެ މެނޭޖުމަންޓާ ގުޅޭ 25 މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އާދަޔާހިލާފަށް ފެނަކައިގެ މައްސަލަތައް ހުށަހަޅާފައިވާތީ އެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ކުންފުނިތަކާ ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާތަކާއި މައްސަލަތައް ތަހުގީގުކުރާއިރު، ކުންފުނިތަކުގެ މުވައްޒަފުން ބަޔާންދޭން ދެކޮޅު ހަދާ ކަމަށާއި އެއީ ބޮޑު ގޮންޖެހުމެއް ކަމަށެވެ. ނަމަވެސް ކުންފުނިތަކުގެ މެނޭޖުމަންޓުން ބަދަލުވުމަށްފަހު މުވައްޒަފުން ބަޔާންދޭން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.




ގުޅުންހުރި
ފެނަކަ ސައީދު ގޭބަންދަށް ބަދަލުކޮށްފި
ކޮވިޑް ކޮރަޕްޝަންގެ މައްސަލައެއްގައި ރިޝްވާނަށް ދައުވާކުރުމަށް ޕީޖީއަށް
ސައީދުގެ މައްޗަށް އިއްވި ޖަލު ހުކުމް އިސްތިއުނާފުކޮށްފި
ފެނަކައިން ކެމެރާ ހަރުކުރުމުގައި ކޮރަޕްޝަން ހިންގި މައްސަލައިގައި ދެ މީހަކަށް ދައުވާކޮށްފި
ސީޕީ ނަވީނާއި އިސް އޮފިސަރުންތަކެއް ސަސްޕެންޑްކުރަން ހުށަހަޅަނީ
ކުރީގެ ފަނޑިޔާރު ފައިސަލްގެ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަތަކެއް ބަލަނީ