ނޮވެމްބަރ 25, 2024

ޖަމިއްޔާތަކުގެ ލިސްޓުގައި ސަލަފާއި މައުމޫން ފައުންޑޭޝަން ނެތް!

ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމިއްޔާތަކުގެ ލިސްޓު ޔޫތް މިނިސްޓްރީން އާންމުކުރި އިރު، އެ ލިސްޓުން ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ މައުމޫން ފައުންޑޭޝަނާއި ސަލަފް ޖަމިއްޔާ އުނިކޮށްފި އެވެ.

ޔޫތު މިނިސްޓްރީން އިއްޔެ އާންމުކުރި ”މަދަނީ ޖަމިއްޔާތަކުގެ ލިސްޓް 2024“ ގައިވާ ގޮތުން ރާއްޖޭގައި 642 ޖަމިއްޔާ އެބަ އޮތެވެ. އެ ލިސްޓުން ވަރަށް ގިނަ ޖަމިއްޔާތައް އުނިކޮށްފައިވާއިރު އޭގެ ތެރޭގައި ވަރަށް ހަރަކާތްތެރި ޖަމިއްޔާތައްވެސް ހިމެނެ އެވެ.

އެގޮތުން ސަލަފް ޖަމިއްޔާ، މައުމޫން ޖަމިއްޔާ، އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ޖަމިއްޔާއެއް ކަމަށްވާ ރަހްމާ ޖަމިއްޔާވެސް ވަނީ އުނިކޮށްފަ އެވެ.

ސަލަފް ޖަމިއްޔާއަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާ ޖަމިއްޔާ އެކެވެ. އަދި މައުމޫން ފައުންޑޭޝަނަކީ ގައުމީ އެކި މުނާސަބަތުތަކާއި ދީނީ މުހިންމު ދުވަސްތަކާއި އެ ނޫން ވެސް ފާހަގަކޮށްލެވޭ މުހިންމު މުނާސަބުތަކާއި ގުޅިގެން އިލްމީ ޖަލްސާތަކާއި ބައްދަލްވުންތައް ބާއްވާ ޖަމިއްޔާ އެކެވެ.

Leave a Reply