ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން ފުލުހުންނަށް ދެ ޑްރޯން ލިބިއްޖެ އެވެ.
ހޯމް މިނިސްޓްރީން މީޑިއާތަކަށް ބުނީ، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ހަދިޔާކުރީ ކަނޑާއި ވައިގެ ތެރޭގައި ދުއްވާ ދެ ޑްރޯން ކަމަށެވެ.
އެ ޑްރޯން ބޭނުންކުރަން ހަމަޖެހިފައިވަނީ މެރިން ޕޮލިސް ޑިވިޝަނުން ހިންގާ ޝޯޓް ރޭންޖް އޮޕަރޭޝަންތަކުގައި ކަމަށްވެސް ބުންޏެވެ.
އެ ޑްރޯންތައް ހަވާލުކުރުމަށް ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ހޯމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަލީ އިހުސާނެވެ.
ޔޫއެންޑީސީގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަ އެ ޖަމިއްޔާގެ އޮފީހުގެ އިސްވެރިޔާ އެންރިކޯ ބޮނިންސެގްނާ އެވެ.
ފުލުހުންނަށް ކަނޑާއި ވައިގެ ތެރޭގައި ދުއްވާ ދެ ޑްރޯން ލިބުނު އިރު، މި ސަރުކާރުން ވަނީ ތުރުކީ އިން ދެ ޑްރޯން ގަނެފަ އެވެ. އެ ޑްރޯންތައް އޮޕަރޭޓް ކުރަނީ އެމްއެންޑީއެފް އިންނެވެ.
ނަމަވެސް ޑްރޯން ބޭނުން ކޮށްގެން މިހާތަނަށް ހިންގާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވަނީ އެންމެ ސާޗް އޮޕަރޭޝަނެއްގަ އެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި