ރާއްޖޭގެ ބޮޑު ބަޔަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް، ހުދު ސަމާލު ނެރެެފި އެވެ.
މެޓް އޮފީހުން މިއަދު މެންދުރު ފަހު 1:15 އާއި ހަވީރު 5:15 އާ ދެމެދަށް ނެރެފައިވާ އެލާޓުގައި ބުނެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫގެ ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެ އޮފީހުން އާންމު ކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މިއަދު ދިޔަވަރު އެންމެ ބޮޑުވާ ގަޑީގައި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ލޮނުގަނޑު 2.8 ފޫޓަށް އުފުލޭނެ އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް 3.2 ފޫޓަށް ލޮނުގަނޑު އުފުލޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މިއީ އާންމުކޮށް ވެސް ރާއްޖެއަށް އުދަ އަރާ ދުވަސްވަރެވެ. އެގޮތުން މިދިޔަ ހަފުތާ ބަންދުގައި މާލޭގެ ރާޅުގަނޑު ސަރަހައްދުންނާއި މާލޭގެ ދެކުނު ފަރާތަށް ވަނީ ވަރަށް ބޮޑަށް އުދަ އަރައިފަ އެވެ.




ގުޅުންހުރި
ރައީސް މައުމޫނަށް ނޮވެމްބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ އަރުވަނީ
ބަނގުލަރާއެކު ގެސްޓްހައުސްއަކުން ހައްޔަރުކުރި ފުލުހަކު ސަސްޕެންޑުކޮށްފި
ހިތަދޫ ކަސްޓޯޑިއަލަށް މަސްތުވާތަކެތި ވެއްދި މައްސަލައިގައި ފުލުހަކަށް ދައުވާކުރަން ފޮނުވައިފި
މީގެ ކުރިން މާލެ ސަރަހައްދުގެ ސްކޫލުތަކުން ދުވާލަކު 60 އެއްހާ ވޭޕް
ރައީސް އިބޫ، ސައިފޮދަކަށް ގެދޮރުވެރިޔާ ފުލެޓަށް
ދަނބިދޫ އާއި ގަމުގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި