ގދ. ގައްދޫގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ރޭގެ ވަގުތެއްގައި ރިޕޯޓް ކުރި އެ މައްސަލައިގައި ޖިންސީ ގޯނާ ކޮށްފައިވަނީ 18 އަހަރުގެ އަންހެނަކަށް ކަމަށެވެ.
އަދި އެ މައްސަލައާ ގުޅިގެން 28 އަހަރުގެ ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫން އެ ރަށަށް ދިޔަ ދިރާގުގެ މުވައްޒަފެކެވެ.




ގުޅުންހުރި
ކައުންސިލް އިންތިޚާބު އޮބްޒާވުކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި
ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފުލެޓުތަކަށް ވަދެވޭނެ: މުއްތަލިބު
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލައިފި
ވާދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، ދެ މީހަކު ގެއްލިއްޖެ
ރިސޯޓެއްގެ ޑަސްބިނުން ފެނުނު ކުއްޖާގެ ޖަނާޒާ ބާއްވައިފި