މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާއެކު ދިވެހި ސަރުކާރުން ލެޓާ އޮފް އެކްސްޗޭންޖް (އެލްއޯއީ) ސޮއިކޮށްފި އެވެ.
މި އެލްއޯއީގައި ރާއްޖެއިން ސޮއި ކުރެއްވީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީގެ ދައުވަތަކަށް ހަތަރު ވަޒީރަކު ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްކޯޕަރޭޝަން(ސިޑްކާ)ގެ ޗެއާމަން ލިއޯ ހައޯހުއި އެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު އެލްއޯއީގައި ސޮއި ކުރެވުމާއެކު، ފީޒިބިލިޓީ ސްޓަޑީޒްގެ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ. އަދި މަޝްރޫއުގެ އަމަލީ މަސައްކަތް ވެސް ލަސްތަކެއް ނުވެ ފެށިގެންދާނެ ކަމަށެވެ.
މާލެއާއި ވިލިމާލޭގެ މަގުތައް ހެދުމަށް ނިންމާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމާއެކު ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން ފޯރުކޮށްދޭން ނިންމާފައިވަނީ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން ކަމަށް ވެސް ބުންޏެވެ.




ގުޅުންހުރި
އަންނަ މަހުގެ 15 ގައި ފުލެޓާއި ގޯއްޗަށް ހުޅުވާލަނީ
ތިން މިނިސްޓްރީއެއްގައި ރޯވުން: ޗައިނާއިން ރާއްޖެއަށް 2.8 މިލިއަން ޑޮލަރުގެ އެހީއެއް
ރައީސް މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ރަސްމާލެއިން ފުރަތަމަ ދޫކުރާ 15،000 ގޯތީގެ ތެރެއިން މާލޭގެ ރަށްވެހިންނަށް 10،000
ރައީސް، ވިލިމާލޭ ރައްޔިތުންނާ މާދަމާ ބައްދަލުކުރައްވަނީ
މާލެ އާއި އެހެން ރަށްތަކަކީ އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ ރަށްތަކެއް: ރައީސް