އެމްޑަބްލިޔުއެސްސީއާ ހަވާލުކުރި ހދ. ކުމުންދޫގައި ފެނާއި ނަރުދަމާ ނިޒާމުގެ ގާއިމުކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަންކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ކުމުންދޫގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއު ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކުރީ ނޮވެމްބަރު 2020ގަ އެވެ. މިއީ 102.17 މިލިއަން ދިވެހި ރުފިޔާގެ މަޝްރޫއެކެވެ.
އެމްޑަބްލިޔުއެސްސީން ބުނީ، ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމު ކޮމިޝަންކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެ ކުންފުންޏާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި ފެނަކައިގެ ބޭފުޅުން އެ ރަށަށް ވަޑައިގެން ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، ކުމުންދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ހަދައި، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯކް އަޅައި އަދި ގޭގެއަށް ފެނާއި ނަރުދަމާ ކަނެކްޝަން ވަނީ ގުޅައިފަ އެވެ.
އޭގެ އިތުރުން، ފެން ރައްކާކުރުމަށް ތާންގި ބަހައްޓައި، ބޯހޯލް ތޮރުފައި، ޕަންޕިން ސްޓޭޝަނާއި ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިން އަޅާފައިވާއިރު ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދޭނެ އެވެ.

2 Comments
ގުޅުންހުރި
އެމްޑަބްލިޔުއެސްސީން ފިޔޯރީގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ނިންމާލައިފި
ކުޅުދުއްފުށީގެ ފެން އުފައްދާ ނިޒާމަށް ބޭނުންވާ ހުރިހާ ހަކަތައެއް އިރުގެ ހަކަތައަށް
ކެންދޫގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއު ނިންމައި، ކޮމިޝަންކޮށްފި
އެމްޑަބްލިއުއެސްސީގެ އެކުވެރި ރޯދަ :30 އުމްރާ ދަތުރު ލިބޭ ތިން ނަސީބުވެރިން ހޮވައިފި
އެމްޑަބްލިޔުއެސްސީ: ރައްޔިތުންގެ ހިދުމަތުގައި 30 އަހަރު، ފަހުރުވެރި ކާމިޔާބު ކުންފުންޏެއް
އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސި ފަރާތްތަކަށް ރައީސްގެ ޝުކުރު