ފާހާނާގައި ފެންވަރަން ހުރި މީހަކު، ފާހާނާ އިން ގަދަކަމުން ނެރެ އޭނާއަށް ވަޅިން ހަމަލާދިން މީހަކު ހަތް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި ހުކުމްކޮށްފައި ވަނީ މ. ގޯލްޑަންލީފް/ އަހުމަދު ނަބީލްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ.
އެ ދައުވާ އުފުލީ ދައުލަތުން ބުނި ގޮތުގައި، 16 އޯގަސްޓް 2023 ވަނަ ދުވަހު ގ. އަރުތަވިލާގޭ ކޮޓަރިއެއްގެ ފާހާނާގައި ރ. ރަސްގެތީމު/ އިރުދޭމާގޭ، އަހުމަދު ވިޝާމް ފެންވަރަށް ހުއްޓައި، އޭނާ ފާހާނާ އިން ގަދަކަމުން ނެރެ އޭނާގެ ނިއްކުރިއާއި ވާތްފަރާތުގެ ކޮނޑާ ދިމާލުން ބުރަކައްޓަށް ހަމަލާދީ ޒަހަމްކޮށްލާފައިވާތީ އެވެ.
މި މައްސަލަ ބެލުމަށްފަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނީ، ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތުވާތީ އެކަމުގެ އުގޫބާތެއްގެ ގޮތުން ހަތް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމް ކުރާ ކަމަށެވެ.
ނަމަވެސް ނަބީލް ބަންދުގައި ހުރި މުއްދަތު، އޭނާގެ މައްޗަށް ކަނޑައެޅި ޖަލު އަދަބުން އުނިކުރުމަށްވެސް ކޯޓުގެ ހުކުމުގައިވެ އެވެ.




ގުޅުންހުރި
ފޮށިގަނޑަކާއި ޑަބިޔަލަކުން މަސްތުވާތަކެތި ހޯދައި، މީހަކު ހައްޔަރުކޮށްފި
އެލައިޑަށް 40 އަހަރު: ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓް ކުރަން ބޭއްވި ބައިސްކަލް
ތިންވަނަ ކުއާޓަރު: އެސްޓީއޯ އަށް 3.8 ބިލިއަންގެ އާމްދަނީއެއް, 186 މިލިއަންގެ
ސިނގިރޭޓު ވައްކަން: އާރިފު ހިމެނޭގޮތަށް ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދަށް
މަނީ ލޯންޑަރިންގެ ކުށުގައި ބައްސާމްގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް
އަންނަ އަހަރުގެ ބަޖެޓަށް 64 ބިލިއަން ރުފިޔާ، 62 ޕަސެންޓަކީ ރިކަރަންޓް