ސެޕްޓެމްބަރ 21, 2024

ޕޯސްޓް، ފެނަކަ އަދި އެސްޑީއެފްސީގެ ޗެއާމަން ވަކިކޮށްފި

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޗެއާމަން މުހައްމަދު އަބްދުﷲ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ޗެއާމަން އަދި އަހުމަދު ޝަހީރު އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަން ޝުހާދު އިބްރާހިމް އެ މަގާމުން ވަކިކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ އެ ބޭފުޅުން މަގާމުން ވަކިކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. ނަމަވެސް އެ ބަދަލުތައް ގެނައި ސަބަބެއް ނުބުނެ އެވެ.

ސަރުކާރު ހިއްސާވާ ތިން ކުންފުންޏެއްގެ ޗެއާމަނުން ވަކިކުރި އިރު، އެ ކުންފުނިތައް ހިމެނޭ ގޮތުން 10 ކުންފުންޏެއްގެ ބޯޑުގެ 16 ބޭފުޅުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު މަގާމުން ވަކިކޮށްފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  1. ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ބޯޑު މެންބަރު: މުހައްމަދު ރަޝީދު
  2. ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ބޯޑު މެންބަރު: ހާމިދު ސާދިގު
  3. މޯލްޑިވްސް ޕޯސްޓްގެ ބޯޑު މެންބަރު: މުހައްމަދު ނާޝިދު
  4. އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޯޑު މެންބަރު: ހުސެއިން މުހައްމަދުދީދީ
  5. އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޯޑު މެންބަރު: ޝާތިފް އަލީ
  6. އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޯޑު މެންބަރު: ޝަޒުރާ ޝާކިރު
  7. ބިޒްނަސް ސެންޓާ ކޯޕަރޭޝަންގެ ބޯޑު މެންބަރު: ލަމްޔާ އިބްރާހީމް
  8. ބިޒްނަސް ސެންޓާ ކޯޕަރޭޝަންގެ ބޯޑު މެންބަރު: އަހުމަދު އިފްތިހާރު
  9. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބޯޑު މެންބަރު: ނަޖީލް އަހުމަދު
  10. ފެނަކައިގެ އެގްޒެކެޓިވް މެންބަރު: އިބްރާހިމް ނާއިފް
  11. ފެނަކައިގެ ބޯޑު މެންބަރު: އަހުމަދު އީހާބް
  12. ޕޮލިސް ވެލްފެއާގެ ބޯޑު މެންބަރު އަލީ ނަޒީރު
  13. ޓްރޭޑްނެޓް މޯލްޑިވްސްގެ ބޯޑު މެންބަރު ނާހިޔާ މުހައްމަދު
  14. ވެމްކޯގެ ބޯޑު މެންބަރު: އަލީ ނަބީލް
  15. ވެމްކޯގެ ބޯޑު މެންބަރު: މުސްތަފާ މުހައްމަދު
  16. ވެމްކޯގެ ބޯޑު މެންބަރު: އަލީ އިކްރާމް

12 Comments

  • Atheeka Aish އޯގަސްޓް 11, 2024

    Thi vaanee MMA ahbtransfer eh denee kamah dho Fazeel Ibrahim

    • Fazeel Ibrahim އޯގަސްޓް 11, 2024

      Atheeka Aish MMA ah MD’s dhw 🤣 Maldives Monetary Authority (MMA) dhoitho.

    • Ibrahim Miyad އޯގަސްޓް 12, 2024

      Atheeka Aish e ee alhugadumen ge aadha ehnoonthoa 🤣🤣🤣

  • Kayne އޯގަސްޓް 11, 2024

    Kanthakaa Jehenee Ey Mi

  • Reza Ahmed އޯގަސްޓް 12, 2024

    Gunbo hahdhan noolhey! Kumfunithakuge board memberunnaki dhaaimi maqaamegga thibey baeh noon. Board memberun ayyan koh vakikurumuge baaru qaanoonun libidhifaivani raeesul jumhooriyya ah.

  • Key Ayeesha Stone އޯގަސްޓް 12, 2024

    Baraabaru dauru hamaveema jeheynee daan

  • Mariyam Haifa އޯގަސްޓް 12, 2024

    Sherhyll biruveri 🥶

  • Hassan Zareer އޯގަސްޓް 12, 2024

    Nuhingey nama hama vaki Kuran v

  • Suarez Mada އޯގަސްޓް 12, 2024

    Ahun goathyga ga ves ebaulhey vaki kuran jehey kudhinn kolheh ekan ves kolla dhyba..

  • Mohamed Nizam އޯގަސްޓް 12, 2024

    Mulhin ves MDP sdhi idhikolhu ge activistun

  • Ibrahim Adam އޯގަސްޓް 13, 2024

    Den thibee raakani mas kaikai thibey bandalakan

  • Xayaf Fai އޯގަސްޓް 13, 2024

    Mode thee bodu vageh

Leave a Reply